މިދޭތެރެއަކުން ބަޔަކު ނާޗަރަންގީ އެއް ޖަހަން އުޅޭ ކަމަށް ބުނެ އެކަމާއި ދެކޮޅަށް އެންމެ ގަދަ އަށް އަޑު އުފުލާފައި ވަނީ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި ދަންނަ ބޭކަލުންނެވެ. މިބާކަލުން މިގޮތަށް އަޑު އުފުއްލަވަން ފެއްޓެވުމާއި އެކު ދުވަހަކު ވެސް އެކު ނުވާނޭ ކަމަށް ބެލެވުނު އެކި ފިކުރު ތަކުގެ އެކި ޚިޔާލު ތަކުގެ އެކި ކުލަތަކުގެ މީހުން އެއްގަލަކަށް އަރައި މިފަހަރު ކޮންމެހެންވެސް މި ޗާރަންގީގަނޑު ޖަހާލަން ޖެހޭނެ ކަމަށްބުނެ ގޮން ޖަހާލާފައި ނުކުމެ އެކަން ކުރުމަކީ އެއިން ވަރަށް ގިނަ މެސެޖު ތަކެއް ލިބިގެން ދިޔަ ކަމެކެވެ.
ކޮންމެ އަކަސް ދުވަހަކުވެސް އެކު ނުވާނެ ކަމަށް ބެލެވޭ ތެލާއި ފެނާއި ވެސް އެކުވެދާނެ ދުވަހެއް އަތުވެދާނެ ކަމީ ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަޙަށް މިވަގުތު ބަލައި ލިޔަސް ފެންނަމުންދާ ޙަޤީޤަތެކެވެ. އެހެން ކަމުން ދީނުގެ ކުދިކުދި ޚިލާފު ތަކުގެ މައްސަލައިގައި އެއްގަލަކަށް ނުއެރުއްވިގެން އުޅުއްވާ ޢިލްމުވެރިންވެސް މިކަންކަމާއި މެދު ތަންކޮޅެއް ފުންކޮށް ވިސްނާވަޑައިގެން ދީނާއި ޤައުމުމަށްޓަކާ އެކަތި ގަނޑެއްގެ ގޮތުގައި ނުކުންނަވަން ޖެހޭކަމީ ފެންނާންހުރި ޙަޤީޤަތެކެވެ.
ބަބުރަކާއި ޕްރިޔަންކާ ގެނެސް ބާއްވާލި މިޔުޒިކް ޝޯވް އަކުން ދުވަހަކުވެސް އެކުނުވާނެ ކަމަށް ބެލެވުނު އިދިކޮޅު އެމްޑީޕީ ޢާއި ޕީޕީއެމުން އެއްގަލަކަށް އަރައި ފާޙިޝް ޢަމަލުތަކަށް ވާގިވެރިވުމުގައި އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިކަން ހޯދައި އެހީތެރިވެ އެކުގައި އެކަތިގަނޑެއްގެ ގޮތުގައި ޝޯބަލަން ދިޔަފަދައިން ޙައްޤަށް ވަޞިއްޔަތް ކުރުމާއި މުންކަރާތްތައް ނަހީކުރުމުގައި ދީނީ ހުރިހާ ޢިލްމުވެރިން އެއްގަލަކަށް އަރާވަޑައިގެންފިނަމަ ޙައްޤަށް ނަޞްރުދެއްވާނެ ކަމަށް ﷲ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ.
އެހެން ކަމުން ދިވެހި ރާއްޖެ އިސްލާޙުކޮށް ހަމަ މަގަށް އެޅުވުމުގައި ދީނީ ޢިލްމުވެރިން އެބޭފުޅުިންގެ ދައުރު އަދާކުރުމަށް ނުކުންނާންޖެހޭ ވަގުތު މިހާރު އައިސް ޖެހިފައިވާކަމަށް ބުނެ ޖަމިއްޔަތުއް ސަލަފުން މިހާރުވެސް ވަނީ މިކަމަށް އިސްނަންގަވާފައެވެ. ޖަމިއްޔަތުން ސަލަފުން 2010 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދާ މި މަސައްކަތުގެ ދަށުން 2018 ވަނަ އަހަރު މާތް ﷲގެ ވާގިފުޅާއި އެކު ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމު ކުރައްވައި ﷲގެ ޝަރީޢަތް ތަންފީޒު ކުރައްވާނެ ޤާބިލު ހިތްވަރުފުޅުގަދަ ކެރޭ ބޭފުޅަކު ނެރުއްވާނެ ކަމަށް ވަނީ އިޢުލާނު ކުރައްވާފައެވެ.
އެހެން ކަމުން ސަލަފުގެ މި އިސްނެންގެވުމާއި ބުރަ މަސައްކަތަށް އެންމެހާ ދީނީ ޢިލްމުވެރިންނާއި ދީނީ ޕާޓީ ތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން އެހީތެރިވެ ދެއްވައި ބައިބައި ވުމާއި ޢަދާވާތްތެރި ކަމާއި ޙަޞަދަވެރިކަން ދޫކޮށްލައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެއްޖެ ނަމަ އޭކަންފަދަ ބަބުރަކު ގެނެސް ބޭއްވި ޝޯއާއި ޕްރިޔަންކާ ފަދަ މިސްވޯލްޑެއް ގެނެސްގެން ކުޅުނު ނާޗަރަންގީން ލިބުނު ކިނބުލުގެ ކާމިޔާބަށްވުރެ ވަރުގަދަ ނަޞްރަކާއި ކާމިޔާބެއް މާތް ﷲ ދިވެހިންނަށް ދެއްވާނެ ކަމީ ﷲގެ ނިޢުމަތްތަކާއި މެދު ކަށަވަރުކުރާ ކޮންމެ މުސްލިމަކަށްމެ ޔަޤީންވާ ކަމެކެވެ.
އެހެން ކަމުން ވަގުތު ޖެހުމުން ސަލަފުން ނެރުއްވާ ކެންޑިޑޭޓު އިޢުލާނު ކުރުމުން އެ ކެންޑިޑޭޓުގެ ހުރި އުނިކަންކަމުހެ ވާހަކަ ތައް ބަޔާންކޮށްދީ ފާޑިުވިދާޅުވާން ތިއްބެވުމުގެ ބަދަލުގައި މިހާރުން މިހާރަށް މިކަމުގައި ސަލަފަށް އެހީތެރިވެދީ ހިތްވަރު ދީގެން ރާއްޖޭގެ ހުރިހާ ޢިލްމުވެރިން މިކަމަށް ތާއީދުކޮށް ސަލަފުން ބުނާފަދަ ކެންޑިޑޭޓަކު ނެރެވިއްޖެ ނަމަ ރައްޖޭގައި ތިއްބެވި އެންމެހާ ދީނީ ޢިލްމުވެރިންގެ އެއްބާރު ލުމާއި އެކު ދިވެހި ރައްޔިތުންވެސް އެފަދަ ބޭފުޅަކު ވެރިކަމަށް ނަންގަވާނެ ކަމީ ކަށަވަރުވާ ކަމެކެވެ.
މީގެ އިތުރުން ދީނީ ފިކުރާއި ފޯރީގައި ހަރަކާތްތެރިވާ ޒުވާނުންވެސް މި ޤައުމުގައި މިއަދު މަދުނޫން ކަމުން އެ ޒުވާނުންގެ ހަރުދަނާ އީމާންތެރި ކަމާއި ޢަޤީދާ އާއި އެކު ދިވެހިންގެ ކުރިމައްޗަށް ނުކުމެ ދައްކާލާ ހިތްވަރާއި ފަންވަރުގެ ކުރިމަތީގައި ރިޝްވަތުގެ ކަޅު ހުތުރު ހުތުރު ފައިސާ އަށް ދީލާލަން ކެރޭނެ ދިވެއްސަކުވެސް މަދުވާނެކަން ކަށަވަރެވެ.
އެހެން ނަމަވެސް މިފަދަ ދުވަހުއް އައުމަށްވުރެ ނައުން ގާތްކަަމަށް ބެލެވޭ އިރު، މިފަދަ ދުވަހެއް އައުމުގެ ކޮޅުމަތި ކިރިޔާ ދައްކާލިޔަސް އެބަޔަކު ހަފުސްކޮށްލައި ދުންކާލި އަރުވާލަންވެސް ނުކުންނާނެ އަނިޔާވެރި ޒާލިމުންވެސް މި ޤައުމުން ފާޅުވާނެ ކަމީ ފެންނަމުންދާ ކަންކަމަށް ބަލާއިރު ނުވެނުދާނެ ކަންކަމެވެ. ކޮންމެ އަކަސް ދީނީ ޖޯޝުހުރި ޒުވާން ކެރޭ ހިތްވަރުގަދަ ފަހުލަވާނުން ތިބީ ކޮންމެ ބަޔަކު އިސްނަގައިގެން ވިޔަސް އިސްލާމީ ޝަރީޢަތް މިރާއްޖޭގައި ތަންފީޒު ކޮށް ޤައުމު ސަލާމަތް ކޮށްދިނުމަށް ނުކުންނަ ކޮންމެ ވެރިޔަކު ތަޚުތުގައި ވެޑުވުމަށް ޖާނާއި މާލުން ޤުރުބާން ވުމަށް ތައްޔާރަށްކަން އެފަދަ ޒުވާނުންގެ ވާހަކަތަކުން އެނގި ކަށަވަރުވާ އިރު ބަބުރުކަރައިން ބަބުރަކު ގެނެސް ދިވެހިންނަށް ދިން މެސެޖަށް ރަނގަޅު ރައްދެއް ދޭންޖެހޭކަމީ ދީނާއި ޤައުމުގެ ދިފާޢުގައި ނުކުންނާންތިބި ކޮންމެ ޒުވާނެއްގެވެސް ހިތުގެ އެދުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...