ރާއްޖޭގެ ޚަބަރު އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަންނަމަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަންނަމަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަންނަމަހު ރާއްޖެ ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަމަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް އިންޑިޔާގެ މީޑިޔާތަކުން ހާމަކޮށްފި އެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާ އާއި ޙަވާލާދީ އެ ޤައުމުގެ މީޑިޔާ ތަކުން ބުނެފައި ވަނީ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ މީޑިއާއިން ބުނެފައިވަނީ އަންނަ މަހު އޭނާ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް ވަޑައިގތުމުގެ ކުރިން ކަމަށެވެ.

މޯދީގެ މި ދަތުރުފުޅުގައި ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާ މި ދަނޑިވަޅަކީ އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ގުޅުންތައް އިތުރަށް ހީނަރު ވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ސީނުކަރަ އާއި އެކު ބާއްވާ ގުޅުންތައް އިތުރަށް ބަދަހިކުރަމުން ދިޔުމާއިއެކު އެ ކަރައިން އިޢުލާނު ކޮށްފައިވާ ފަށުވިމަގު އެއްބަސްވުމުގައި ސޮއިކުރުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.