ރާއްޖޭގެ ޚަބަރު އިސްތިއުނާފު މައްސަަލަތައް 10 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ލާޒިމު ކޮށްފި

އިސްތިއުނާފު މައްސަަލަތައް 10 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ލާޒިމު ކޮށްފި

އިސްތިއުނާފު މައްސަަލަތައް 10 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ލާޒިމު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓްރައިބިއުނަލްތަކާއި ފުރަތަމަ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ލާޒިމު ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ސޮއިކުރައްވާ ނެރުނު ރޫލިންގ އަކުން މިކަން ލާޒިމު ކޮށްފައި ވާއިރު، މިފަދަ މައްސަލަތައް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭގޮތަށް ސުޕްރީމް ކޯޓުގެ ސާކިޔުލަރ އަކުންވެސް ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުން ނެރުނު ރޫލިންގ ގައި ބުނެފައި ވަނީ ރޫލިންގައި ބުނެފައިވަނީ ޓްރައިބިއުނަލްތަކާއި ފުރަތަމަ މަރުހަލާގެ ކޯޓުތަކުން ނިންމާ މައްސަލަތައް މަތީ މަރުހަލާގެ ކޯޓްތަކުގައި އިސްތިއުނާފް ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގަކަށް ވާތީ އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ލިބިދިނުމަކީ ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

އެހެން ކަމުން މިފަދަ މައްސަލަތައް ނިންމާ ތަނަކަށް އެކަމަށް ހާއްސަކުރެވިފައިވާ ފޯމެއް ފުރިހަމަކުރުމަށްފަހު 10 ދުވަހުގެ ތެރޭގައި ހުށަހެޅުމުން މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ކުރިން ނެރުނު ސަރކިޔުލަރގައި ބުނެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.