ސަޢޫދީ އާ ރަސްގެފާނުގެ ސަލްމާނުގެ އަމިއްލަ ޚަރަދުފުޅުގައި ރާއްޖޭގައި 10 މިސްކިތް ބިނާކޮށްދެއްވުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ޑރ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަހުގެ ތެރޭގައި 22 މިސްކިތެއް ބިނާ ކުރުމަށް ފުރުޞަތު ހުޅުވާލަން ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން 10 މިސްކިތަކީ ސަޢޫދީ ޢަރަބިއްޔާގެ މިހާރުގެ ރަސްގެފާނު ސަލްމާނުގެ އަމިއްލަފުޅު ޚަރަދުގައި އަޅުއްވައި ދެއްވާ 10 މިސްކިތް ކަމަށެވެ.
އަދި އަނެއް 12 މިސްކިތަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ބިނާ ކުރާ މިސްކިތް ތަކެއް ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
22 މިސްކިތެއް އެޅުމަށް ބިޑަށް ހުޅުވާލުމަށް މިއަދު ސަރުކާރުން ނިންމި އިރު އޭގެތެރޭގައި ގދ ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްވެސް ބިޑަށް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...