ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމު ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައިގައި ދެން އޮންނާނީ ޙުކުމް އިއްވުން ކަމަށް ނާޒިމުގެ ޤާނޫނީ ޓީމުން ހާމަކޮށްފިއެވެ.
އިއްޔެ މެންދުރުފަހު ހައިކޯޓުގައި ބޭއްވި މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ އިއްޔެގެ އަޑުއެހުން ނިންމާލަމުން މި މައްސަލަތަކުގެ އަޑުއެހުންތައް ނިމުނީކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި ކަމަށާއި، އިތުރު ކަމެއް ސާފުކުރައްވަން ޖެހިވަޑައި ނުގެންފި ނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުން ކަމަށެވެ.
އެހެން ނަމަވެސް ދެންއޮންނަ ޝަރީޢަތުގެ މަޖިލިސް ބާއްވާނެ ވަކި ތާރީހެއް ކޯޓުން އިޢުލާނު ކުރައްވާފައި ނުވާ ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ބުނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...