ރާއްޖޭގެ ޚަބަރު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ޑިމޮކްރަސީގެވެސް ފަހަތަށް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ޑިމޮކްރަސީގެވެސް ފަހަތަށް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ޑިމޮކްރަސީގެވެސް ފަހަތަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖެއަށް ޑިމޮކްރެޓިކް ވެރިކަމެއް ގެނެވުނު 2008 ވަނަ އަހަރަށް ވުރެވެސް ފަހަތަށް ގޮސްފައި ވާކަމަށް ނޫސްވެރިކަމުގެ މިނިވަންކަން ގިންތިކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާޒް ވިތައުޓު ބޯޑާޒް (އާރުއެސްއެފް)އިން ހާމަކޮށްފި އެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާޒް ވިތައުޓު ބޯޑާޒް (އާރުއެސްއެފް)އިން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގެ މި އަހަރުގެ އަދަދުގައި ރާއްޖެ ހިމަނާފައިވަނީ 34.32 ގެ ސްކޯއަކާ އެކު 112 ވަނައިގަ އެވެ.

2009 ވަނަ އަހަރު އެ ލިސްޓުގެ 51 ވަނައިގައި އޮތް ދިވެހި ރާއްޖެ މިހާރު ލިސްޓުގެ 112 ވަނައަށް ވެއްޓިފައި ވާއިރު، މިިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ ވީނުވީއެއް ނޭނގި ނޫސްވެރިއަކު ގެއްލިފައެވެ.

އަދި ހުޅުމާލޭ ފެރީ ޓާމިނަލުން ގެއްލުނު މިިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުނުތާ އެތައް މަސްތަކެއް ފާއިތުވީއިރުވެސް ރިލުވާނަށް ވީގޮތެއް އޮޅުންފިލުވައި ދިނުމަށް ދައުލަތުގެ ސަލާމަތީ ބާރުތައް ވެސް ވަނީ ނުކުޅެދިފައެވެ.

އެހެން ނަމަވެސް މިނިވަން ނޫހުން ވަނީ ރިލުވާނު ގެއްލުނުރޭ އޭނާ ހުޅުމާލޭ ފެރީޓާމިނަލުގައި ޙަރަކާތްތެރިވާ މަންޒަރުފެންނަ ވީޑިޔޯ ފުޓޭޖެއްވެސް ޢާއްމު ކޮށްފައެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ މިންގަނޑުން ރާއްޖެ މިހާބޮޑަށް ދަށްވެފައި ވަނީ ރާއްޖޭގައި ވީނުވީއެއް ނޭނގި ނޫސްވެރިއަކު ގެއްލި ނުފެނުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.