ރާއްޖޭގެ ޚަބަރު ސިޔާސީ މީހުންގެ ސިޔާސީ އެދުން ފުއްދައިދޭ ސިޔާސީ ކުދިންކޮޅެއް ދިވެހި ފުލުހުންގެ ތެރޭގައި؟

ސިޔާސީ މީހުންގެ ސިޔާސީ އެދުން ފުއްދައިދޭ ސިޔާސީ ކުދިންކޮޅެއް ދިވެހި ފުލުހުންގެ ތެރޭގައި؟

ސިޔާސީ މީހުންގެ ސިޔާސީ އެދުން ފުއްދައިދޭ ސިޔާސީ ކުދިންކޮޅެއް ދިވެހި ފުލުހުންގެ ތެރޭގައި؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިޔާސީ މީހުންގެ ސިޔާސީ އެދުންތައް ފުއްދައިދޭ ސިޔާސީ ކުދިންކޮޅެއް ދިވެހި ފުލުހުންގެ ތެރޭގައި އުޅޭ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ވިދާޅުވީ ޖުމްލަ ގޮތެއްގައި ފުލުހުންގެ މުއައްސަސާ އަކީ ޤަދަރުވެރި އިޚުލާސްތެރި ތެދުވެރި ވަފާތެރި ބަޔަކު އުޅޭ މުއައްސަސާ އެއްނަމަވެސް ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތައް ކަންކަން ކޮށްދޭ މަދުބަޔަކު ފުލުހުންގެ ތެރޭގައި އުޅެމުންދާ ކަމަށެވެ.

އެހެން ނަމަވެސް ދިވެހި ފުލުހުންގެ ތެރޭގައިތިބި ގިނަ ބޭފުޅުންނަކީ ކިޔަވައިގެންތިބި އިިހްލާސްތެރި ފުލުހުންގެ މުއައްސަސަދެކެ ލޯބިޔާ ޙަޤީޤީ ފުލުހުން ކަމަށްވެސް ކުރީގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ބައެއް ހާދިސާތަކުން ފުލުހުންގެ ތެރެއިން ބަޔަކު ސިޔާސީ ބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭކަން ހާމަވެފައި ވާކަމަށާއި، މީގެ އިތުރުން ހާމަނުވާ ބައެއް ކަންކަމުގެ މަޢުލޫމާތުވެސް ލިބިވަޑައިގެންފައި ވާކަމަށެވެ.

އެހެން ނަމަވެސް އެ މަޢުލޫމާތަކީ މި މައްސަލާގެ ދިފާއުގައި ބޭނުން ކުރެވެންހުރި މުހިއްމު މައުލޫމާތުތަކެއް ކަމަށާއި، މި މަޢުލޫމާތުތައް ބޭނުންވެއްޖެ ޙާލަތެއްގައި ކޯޓުގައި ހާމަކުރައްވާނެ ކަމަށްވެސް ކުރީގެ ސީޕީ ރިޔާޒު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.