ރާއްޖޭގެ ޚަބަރު ކިތަންމެ ދަތި އުނދަގުލެއް ތަޙައްމަލު ކުރަން ޖެހުނަސް ޢަދާލަތުން މަސައްކަތް ކުރާނީ ދީނާއި ޤައުމަށްޓަކާ

ކިތަންމެ ދަތި އުނދަގުލެއް ތަޙައްމަލު ކުރަން ޖެހުނަސް ޢަދާލަތުން މަސައްކަތް ކުރާނީ ދީނާއި ޤައުމަށްޓަކާ

ކިތަންމެ ދަތި އުނދަގުލެއް ތަޙައްމަލު ކުރަން ޖެހުނަސް ޢަދާލަތުން މަސައްކަތް ކުރާނީ ދީނާއި ޤައުމަށްޓަކާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކިތަންމެ ދަތި އުނދަގުލެއް ތަޙައްމަލު ކުރަން ޖެހުނަސް ޢަދާލަތުން ސާބިތު ކަމާއި އެކު ކުރިޔަށްދާނީ ދީނާއި ޤައުމަށްޓަކާ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޢިމްރާން މިހެން ވިދާޅުވެފައި މިވަނީ ޢަދާލަތު ޕާޓީން އަބަދުވެސް ދީނާއި ޤައުމުގެ ދިފާޢުގައި މަސައްކަތް ކުރެއްވުމަށް އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ބައިގެ ވެރިޔާ އަދި އިސްލާމިކް މިނިސްޓަރު ޑރ ޝަހީމްވެސް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލާގައި ޝެއިޚް ޢިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ދަތި އުނދަގުލެއް ތަޙައްމަލު ކުރަން ޖެހުނު ނަމަވެސް ﷲގެ ވާގިފުޅާއި އެކު އޭރުވެސް ދީނާއި ޤައުމުގެ ޙައްޤުގައި ޢަދާލަތު ޕާޓީ ސާބިތުވެ އޮތް ފަދައިން މިއަދުވެސް އެގޮތުގައި ސާބިތު ކަމާއި އެކު ތިއްބަވާނެ ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ވިދާޅުވީ ޙައްޤު ގޮތުގައި ނުވަތަ އުޞޫލު ތަކުގައި ސާބިތުވެ ތިބުމަކީ އެއްވެސް ބަޔަކަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އަދި ޤައުމުގެ ޙާލަތު ރަނގަޅުވެ ހަމަޖެހުމާއި އަމާންކަން ޤައުމަށް އަންނާނީ އުޞޫލު ތަކުގައި ހިފަހައްޓާ ބަޔަކު ޤައުމު ހިންގަން ތިބެގެން ކަމަށާއި، އެފަދަ ބައެއް ކަމުގައި ލެއްވުމަށް ޝެއިޚް ވަނީ ދުޢާ ކުރައްވާފައެވެ.

ޝެއިޚް ޢިމްރާން މިފަދަ ޓްވީޓް ތަކެއް ކުރައްވާފައި މިވަނީ ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ މުޝީރު އަދި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް މިހާރުގެ ވެރިކަމާއި ދެކޮޅަށް ޢަދާލަތުގެ މެންބަރުން ނުކުމެ ވަޑައި ނުގަތުމަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.