ރާއްޖޭގެ ޚަބަރު އަނިޔާވެރި ކަމާއި އެކު މަރާލެވުނު އިބުތިހާލު މަންމަގެ ބަންދަށް އިތުރު ފަނަރަ ދުވަސް

އަނިޔާވެރި ކަމާއި އެކު މަރާލެވުނު އިބުތިހާލު މަންމަގެ ބަންދަށް އިތުރު ފަނަރަ ދުވަސް

އަނިޔާވެރި ކަމާއި އެކު މަރާލެވުނު އިބުތިހާލު މަންމަގެ ބަންދަށް އިތުރު ފަނަރަ ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވ. ފުލިދޫ، ވައިޖެހޭގެ، މުހައްމަދު އިބްތިހާލް ނިޔާވި މައްސަލައާގުޅިގެން ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ދީފައިވާ އިތުރު 15 ދުވަހުގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހު އެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި 2 ވަނަ ފަހަރެވެ.

މުޙައްމަދު އިބްތިހާލް ނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2015 ޖެނުއަރީ 28 ވަނަ ދުވަހުގެ މެންދުރު 12:10 ހާއިރު ވ. ރަކީދޫ ކައުންސިލްގެ ފަރާތުންނެވެ. އެ މަޢުލޫމާތު ލިބުމާއެކު ވ. ފެލިދޫގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޓީމެއް ރަކީދުއަށް ގޮސް ތަޙުޤީޤަށް ބޭނުންވާ ހެއްކާއި ޤަރީނާއާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން، 2015 ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މުޙައްމަދު އިބްތިހާލްގެ ހަށިގަނޑު މާލެ ނެސް ވަނީ އިތުރު ތަހުލީލުތަކެއް ކޮށްފައެވެ.
މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ގުޅިގެން އެކުލަވާލާފައިވާ ޚާއްޞަ ތަޙުޤީޤު ޓީމަކުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.