މަދަނީ އަބްދުﷲ އާއި މާޒް ސަލީމް ވަޒީރުންގެ ނައިބު ކަމަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރެއްވި ދެބޭފުޅުންގެ ތެރެއިން އަހުމަދު ސަލީމް (މާޒު ސަލީމް) އައްޔަން ކުރައްވާފައިވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ކަމަށާއި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އައްޔަން ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ކަމަށެވެ.
މި ދެބޭފުޅުންނަކީވެސް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ބޭފުޅުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...