ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމްގެ ފްލައިމީން އަނެއްކާވެސް އާ މަތިންދާބޯޓެއް ރާއްޖެ ގެނެސްފިއެވެ.
ވިލާ އެއާގެ ފްލައިމީން ހާމަކޮށްފައިވާ ގޮތުން އަލަށް ރާއްޖެ ގެނެސްފައި ވަނީ ATR 72-500 މަރުކާގެ ބޯޓެކެވެ.
މި ބޯޓު ރާއްޖެ އައިސް އެންމެ ފުރަތަމަ ބަދަރު ކޮށްފައި ވަނީ މާމިގިލީ ބައިނަލް އަޤްވާމީ ވައިގެ ބަނދަރުގައެވެ. މި ބޯޓަކީ 68 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މިބޯޓު ރާއްޖެ އައިސްފައި ވަނީ ޑެންމާކުގެ ބިލޫންޑް ވައިގެ ބަނދަރުން ފުރައިގެންނެވެ.
ފްލައިމީގެ ފްލީޓުގައި މިހާރު ހިމެނެނީ 46 މީހުންގެ ޖާގަ އޮންނަ ATR 42-500 މަރުކާގެ ދެ ބޯޓާއި، 74 މީހުންގެ ޖާގަ އޮންނަ ATR 72-600 މަރުކާގެ ދެ މަތިންދާ ބޯޓާއި، ATR 72-500 މަރުކާގެ، 68 މީހުންގެ ޖާގަ އޮންނަ އެއް މަތިންދާ ބޯޓެވެ.
އަލަށް ގެނެވުނު މި މަތިންދާ ބޯޓާއި އެކު ފްލައިމީގެ ފްލީޓުގައި މިހާރު ހަތް މަތިންދާ ބޯޓު ހިމެނޭއިރު، އޭގެ ތެރޭގައި އެއްގަމާއި ކަނޑަށްވެސް ޖެއްސޭ ސެސްނާ 208 މަރުކާގެ “ސީޕްލޭން” ވެސް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...