ރާއްޖޭގެ ޚަބަރު ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ޖޭޕީން ވަކިވެ ވަޑައިގެންފި

ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ޖޭޕީން ވަކިވެ ވަޑައިގެންފި

ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ޖޭޕީން ވަކިވެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޯމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް ޔާމީނުގެ ކެބިނެޓަށް ވަޑައިގެންނެވި އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މިކަން ހާމަކުރައްވަމުން ޢުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީން ފަހަކަށް އައިސް ނިންމަމުންދާ ނިންމުންތަކާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށާއި، އެހެން ކަމުން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި ވާކަމަށެވެ.

ޢުމަރު ޖޭޕީން ވަކިވެ ވަޑައިގެންފައި މިވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް ނަޝީދުގެ އިދިކޮޅު އެމްޑީޕީ އާއި އެކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

ޢުމަރު ޖޭޕީން ވަކިވެފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ނަމަވެސް ފަހަކަށް އައިސް ޖޭޕީގެ ޙަރަކާތްތަކުން އެއްގޮތަކަށްވެސް ޢުމަރު ފެނިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ޢުމަރު ޖޭޕީން ވަކިވި ނަމަވެސް އަދި އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގެންނެވިކަން އިޢުލާނު ކުރައްވާފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.