ރާއްޖޭގެ ޚަބަރު ކޯނީ ރިޕޯޓު ބުނާގޮތުން މި ވެރިކަމުގެ ޤާނޫނީ ޙައިޞިއްޔަތެއް ނެތް: ނަޝީދު

ކޯނީ ރިޕޯޓު ބުނާގޮތުން މި ވެރިކަމުގެ ޤާނޫނީ ޙައިޞިއްޔަތެއް ނެތް: ނަޝީދު

ކޯނީ ރިޕޯޓު ބުނާގޮތުން މި ވެރިކަމުގެ ޤާނޫނީ ޙައިޞިއްޔަތެއް ނެތް: ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯނީ ރިޕޯޓު ބުނާގޮތުން މި ވެރިކަމުގެ ޤާނޫނީ ޙައިޞިއްޔަތެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އެމްޑީޕީއާ ޖޭޕީ ގުޅިގެން ޗާންދަނީ މަގު ދިރާގު ކަންމަތީގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިއްތިހާދަކާއެކު ވެރިކަމާ ހަވާލުވި އެމްޑީޕީ ސަރުކާރު އިއްތިހާދުވެސް ރޫޅުމާއިއެކު އެމްޑީޕީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވެރިކަން ބަދަލުވިގޮތް ތަހުގީގުކޮށް އެކުލަވާލި ކޯނީ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި، އެރިޕޯޓުގައި ބުނާގޮތުން އިއްތިހާދަކާއެކު ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރު އިއްތިހާދުވެސް ރޫޅުމާއިއެކު ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ.

އެހެން ކަމުން ކޯނީ ރިޕޯޓުގައި ކަނޑައަޅާފައިވާ ގާނޫނީ ހަމަތަކުގެ މަތިން މިވެރިކަން ބަދަލުކުރާނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު އަނެއްކާވެސް މިވަނީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަދަލުވެގެން އެކުލަވާލެވުނު ކޯނީގެ ރިޕޯޓުގައި ވެރިކަން ބަދަލުވެގެން ދިޔަ ގޮތް އެއީ ސައްހަ ގޮތް ކަމަށް ކަނޑައެޅި ސަބަބު އަނެއްކާވެސް އަޅުގަނޑުމެންނާ ދިމާވެފައި ކަމަށެވެ.

ވިދާޅުވީ މިއީ އަޅުގަނޑުމެންނާ ދަރިންގެ ދަރިންގެ ވެސް ރާއްޖެ ކަމަށްވާތީ ރައީސް ޔާމިން ބޭނުންވާހާ ގޮތަކަށް ވެރިކަން ކުރަން ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށެވެ. އެހެންކަމުން މިއަދުގެ ސަރުކާރުން ހިންގާ "ޖަރީމާތައް" ބަލަން ނުތިބެ މި ވެރިކަން ބަދަލުކުރުމަށް ފެއްޓެވި މަސައްކަތުގައި ފަހަށް ނުޖެހި ކުރިއަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.