ރާއްޖޭގެ ޚަބަރު މާލޭގެ ގެއެއްގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި

މާލޭގެ ގެއެއްގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި

މާލޭގެ ގެއެއްގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ޙާދިސާގައި ރޯވެފައި ވަނީ ގ.ލައިލަކް ގޭގައި ކަމަށާއި، އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލާފައި ވާކަމަށެވެ.

ރޭ ގާތްގަނޑަކަށް 02:20 ހާއިރު މިހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމެއް ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މިހާދިސާގައި އެ އިމާރާތުގެ ދެވަނަ ފަންގި ފިލާގައި ތިބި ދެ ކުދިން ސިފައިންގެ އެހީތެރިކަމާއެކު ވަނީ ސަލާމަތްތެރި ތަނަކަށް ގެންގޮސްދީފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓު ކޭބަލްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.