ހަމާސްގެ ލީޑަރެއް ޝަހީދުކޮށްލިކަމުގެ ތުހުމަތު އިނގިރޭސިންވެސް އަޅުވަނީ އިޒްރޭލުގެ ބޮލުގައި އަޅުވާ އިޒްރޭލަށް އިންޒާރުތައް ދެމުން އެބަދެއެވެ.
މީޑިއާއިން ހަބަރުލިބިފައިވާ ގޮތުގައި ދާދިފަހުން ހަމާސްގެ ލީޑާރ ދުބާއީގައި ޝަހީދުކޮށްލާފައިވަނީ އިނގިރޭސި 6 ރައްޔިތެއްގެ ވަގު ޕާސްޕޯޓެއްގައި އުޅުނު އިޒްރޭލުގެ މޮސާޑުގެ އެޖެންޓުންތަކެއް ކަމަށް ވަނީ ވަރަށް ބޮޑު ކަށަވަރުވެފައެވެ. މިމައްސަލާގައި ދުބާއީ ފުލުހުން 11 މީހުން ފޮޓޯވެސް އާންމުކޮށްފައެވެ. އަދި އެމީހުން ހައްޔަރު ކުރުމަށް މުޅި ދުބާއީގައި ދަނީ އަތްފުނާ އަޅަމުންނެވެ.
އިޒްރޭލުގެ މޮސާޑް އެޖޭންޓުންނާއި އިގިރޭސި ސަރުކާރުން މީގެ ކުރިންވަނީ ޖާސޫސީ މައުޟޫމާތުތައް ބަދަލުކޮށްފައެވެ. އެހެނަސް މިހާރު އިނގިރޭސިންނަށްވަނީ އެމައުޟޫމާތު އިޒްރޭލާއިއެކު ހިއްސާކުރެވުނުކަމާއި މެދު 'މޮޔަ ހީވެ'ފައެވެ. ހަމާސްގެ ލީޑަރ މިދިޔަ ޖެނުއަރީމަހު ދުބާއީގެ ހޮޓަލެއްގައި ޝަހީދުކޮށްލާފައިވާ މައްސަލާގައި އިނގިރޭސި ސަރުކާރުން ބުނެފައިވަނީ 'އިނގިރޭސި ޕާސްޕޯޓް ވަގަށްނެގި މައްސަލަ ފުރިހަމައަށް ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށާއި އެމައްސަލާގައި އިޒްރޭލުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އިޒްރޭލުން ދެގައުމުގެ މެދުގައި ހިންގާ ޖާސޫސީ މަޝްރޫޢުތަކަށް ބުރޫއަރާނެކަމެއް'ކަމުގައެވެ.
މުސްލިމުން ކަމެއް ކުރިކަމަށް ޝައްކު ވިޔަސް އެމީހަކީ 'ޓެރަރިސްޓެއް'ކަމަށް ވަރަށް ފަސޭހައިން ނިންމާނެއެވެ. އެހެންދީނެއްގެ ނުވަތަ މުސްލިމުންނާއި ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންނަކީ 'ޓެރަރިސްޓުން'ކަމުގައި ނުވެއެވެ.
އިޒްރޭލާއި މެދު 'ޝައްކުގެ' ނަޒަރަކުން ބަލާއިރު އިޒްރޭލުއޮތީ 'ހަނުހިމޭނުން'ނެވެ.
އަޅުގަޑުމެން މުސްލިމުން މަރަމުންދާ އިރު އެއީ އުއްވެސް މައްސަލައެއްނޫން. އެކަމާ ދެކޮޅައް މުސްލިމުން ރައްދުގައި ހަމަލައެއްދީފިނަމަ އެއީ ޓެރަރިސްޓް ހަމަލައެއް ނޫނީ އެއީ ޓެރަރިސްޓުންދިން ހަމަލައެއް ގޮތުގައި މިވަނީ.އަޅެފަހެމި އަޖައިބެއްނޫންބާ އަޅުގަނޑުމެން ދިވެހިންނައްވެސް ވިސްނިފަ މިވަނީ ހަމަ އެހެންތާ؟ އަޅުގަނޑުމެންގެ މުސްލިމް އަޙުންނާ އުޙްތުންނާ ކުޑަކުދީންނާ މުސްކުޅީންނާ މަރަމުންދާއިރު އެއީ އެއްވެސް މައްސަލައެއްނޫންކަމަ މިވަނީ މިކަމާ ދެކޮޅައް އަޑުއުފުލާނެ ހަމަ އެކަކުވެސް ނުވޭ. އަޅުގަނޑައް ދެންނެވޭނީ އަސްލު ޓެރަރިސްޓުންނަކީ ހަމަ އެމެރިކާ އާއި އިސްރޭލުގައި މިއުޅޭ އައްވާނުން. އަޅުގަނޑުމެން މުސްލިމުން ކަމުގައި ވެ ތިބެ އެއްވެސް ކަމެއް މިވަނީ މިކަމައް ނުވެފަ ނުކުޅެދިފަ. ޖާހިލުކަމުން. ށެއިޚް ބުނާހެން ނަމުގައި މުސްލިމުން ކަމުގައި ކުފުރުން. އަޅުގަނޑުމެންގެ ގައުމުގެ ތިއްބެވި އިސްލާމީ ވެރިން ތިބީ ޖާހިލުކަމުން ނިދިފަ .ކިއްވެތޯ އެކަމާ ދެކޮޅައް އަޑު ނޫފުލެނީ ދުނިޔެ އައްޓަކާ ޖާހާ މަންސަބައްޓަކާ. މިއީ އިސްލާމުން އުޅޭތަނެންހެން ހިއެއްނުވޭ މިއީ މުސްލިމުން އުޅޭތަނެއް. ޖަޒާ ކައްﷲ ޙައެރަ އަޅުގަނޑުމެން މުސްލިމުންނައް