ރާއްޖޭގެ ޚަބަރު ދިރާގުން އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދެނީ

ދިރާގުން އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދެނީ

ދިރާގުން އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިރާގުން އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރައްޖޭގައި އެންމެ ފުރަތަމަ އިންޓަރނެޓުގެ ޚިދުމަތް ދޭންފެށި ކުންފުނި ދިރާގުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ޕްރޮމޯޝަނުގައި، މާލޭގެ އިތުރުން، އޭޑީއެސްއެލް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ވެސް ޢާއްމުންގެ ގޭގެއަށާއި ކުދި ވިޔަފާރިތަކަށް އޭޑީއެސްއެލް އިންޓަރނެޓުގެ ޚިދުމަތް ގުޅައިދޭނީ މުޅިން ހިލޭ ކަމަށެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ހިލޭ އިންޓަރނެޓު ގުޅައި ދެނީ ޕްރޯ އަންލިމިޓްޑް 15 އެމް، ޕްރޯ އަންލިމިޓެޑް 5 އެމް، ޕްރޯ އަންލިމިޓެޑް 1 އެމް، ހޯމް ޕްރިމިއާ 10އެމް، ހޯމް ޕްރިމިއާ 4އެމް، ހޯމް ޕްލަސް، ސްޓޫޑަންޓް ސްޓާޓާ، ސްޓޫޑަންޓް ލައިޓް، ހޯމް އަލްޓްރާ ފާސްޓް ޕްލަސް، ހޯމް އަލްޓްރާފާސްޓް އގެ އިތުރުން ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިކްސްޑް ބްރޯޑްބޭންްޑް ވިޔަފާރި ޕެކޭޖުތަކަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.