ރާއްޖޭގެ ޚަބަރު ސިޔާސީ ކަންކަމާއި ދުރުގައި ތިބުމަށް ސިފައިންނަށް އާ ޑިފެންސް މިނިސްޓަރު ގޮވާލައްވައިފި

ސިޔާސީ ކަންކަމާއި ދުރުގައި ތިބުމަށް ސިފައިންނަށް އާ ޑިފެންސް މިނިސްޓަރު ގޮވާލައްވައިފި

ސިޔާސީ ކަންކަމާއި ދުރުގައި ތިބުމަށް ސިފައިންނަށް އާ ޑިފެންސް މިނިސްޓަރު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިޔާސީ ކަންކަމާއި ދުރުގައި ތިބުމަށް ސިފައިންނަށް އާ ޑިފެންސް މިނިސްޓަރު ގޮވާލައްވައިފިއެވެ.

ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބޭއްވި ހެވިކަމުގެ މައިދާނުގައި ވާހަކަ ދައްކަވަމުން އާ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވީ ސިފައިންނަކީ ވަރަށް ހާއްސަ ތަމްރީނުތަކެއްގެ އަލީގައި އަސްކަރީ އަދަބުގެ ތެރެއިން ގައުމަށް ވަރަށް އިހްލާސްތެރި މަސައްކަތެއް ކުރަމުން ގެންދާ ބައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ އަސްކަރީ އުސޫލީ މިންގަޑުތަކުގެ ތެރޭގައި ތިބެންޖެހޭ ބައެއް ކަމަށާއި، އެއުސޫލުގެ މަތިން ސިފައިންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސިފައިންނަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމަށް ތެދުވެރި، އަމާނަތްތެރި ބައެއްގެ ގޮތުގައި ދެމިތިބުމަށް އަބަދުވެސް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށްވެސް އާ ޑިފެންސް މިނިސްޓަރު މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.