ރާއްޖޭގެ ޚަބަރު ޢާއްމު ވެފައިވަނީ ރިލްވާން މީގެ ކުރިން ކުޅެފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓް ތަކެއް: ސްޕޭސްޕެރޭޑް

ޢާއްމު ވެފައިވަނީ ރިލްވާން މީގެ ކުރިން ކުޅެފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓް ތަކެއް: ސްޕޭސްޕެރޭޑް

ޢާއްމު ވެފައިވަނީ ރިލްވާން މީގެ ކުރިން ކުޅެފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓް ތަކެއް: ސްޕޭސްޕެރޭޑް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނަށް އަނިޔާކޮށް މަރާލާފައި ވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި މިހާރު ޢާއްމު ވެފައިވަނީ ރިލްވާން މީގެ ކުރިން ކުޅެފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓް ތަކެއް ކަމަށް އެ ވީޑިޔޯ އުފެއްދި ސްޕޭސްޕެރޭޑުން ހާމަކޮށްފިއެވެ.

އެފަރާތުން ސޯޝަލް މީޑިޔާގައި ޢާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ "ސްޕޭސް ޕެރޭޑް" އިން ބުނެފައިވަނީ އެ ފޮޓޯއަކީ މީގެ ފަސް އަހަރު ކުރިން އެގުރޫޕުން ތައްޔާރުކޮށްފައިވާ ވީޑިއޯ "އިންޑަސްޓްރިއަލް ޓްރެއިލާ"ގެ މަންޒަރެއް ކަމަށާއި، އެ ވީޑިއޯގައި ފެންނަނީ އަސްލު ރިލްވާން ކަމަށެވެ.

އެހެންނަމަވެސް އެ ވީޑިޔޯ ބޭނުންކޮށްގެން ބައެއްގެ ސިޔާސީ އެދުންތަކެއް ޙާޞިލު ކުރުމަށް ދޮގު ވާހަކަތައް ފަތުރަމުން ގެންދާ ކަމަށާއި، އެކަމާ ހިތާމަ ކުރާކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން ދޮގުވާޙަކަތައް ނުފެތުރުމަށާއި، ތެދުމަޢުލޫމާތު ފަތުރައި މޮޔަމީހާ ހޯދައިދިނުމަށް އެމީހުންނަށް އެހީތެރި ވުމަށްވެސް ސްޕޭސް ޕެރޭޑުން ގޮވާލާފައި ވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ ހަމަސްދުވަހާއި ގާތްވެފައި ވާއިރު އޭނާގެ ޚަބަރެއް އަދާއި ހަމައަށްވެސް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް ރޮލުވާނާއި ވައްތަރު މީހަކު ފެނިގެން ދާދި ފަހުންވެސް ފުލުހުން މީހަކާއި ސުވާލު ކުރި ކަމަށާއި ނަމަވެސް އެއީ ރިލުވާނު ނޫން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.