ރާއްޖޭގެ ޚަބަރު ރަށްވަށާ ފީނައިގެންވެސް މާއިލްގެ ޚަބަރެއް ނުވި : އެމްއެންޑީއެފް

ރަށްވަށާ ފީނައިގެންވެސް މާއިލްގެ ޚަބަރެއް ނުވި : އެމްއެންޑީއެފް

ރަށްވަށާ ފީނައިގެންވެސް މާއިލްގެ ޚަބަރެއް ނުވި : އެމްއެންޑީއެފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ އަންގާރަ ދުވަހު ށ.ފިރުނބައިދުއަސް ގެއްލިގެން ހޯދަމުން ގެންދާ ޢަބްދުﷲ މާއިލްގެ ޚަބަރެއް ރަށްވަށާ ފީނައިގެންވެސް ނުވި ކަމަށް މި މަސައްކަތުގައި ޙަރަކާތްތެރިވާ ސިފައިން ހާމަކޮށްފިއެވެ.

ށ.ފިރުނބައިދޫގައި މަސައްކަތް ކުރާ ދ.ކުޑަހުވަދޫ ހިރިނައިދޫ އުމުރުން 24 އަހަރުގެ އަބްދުﷲ މާއިލް ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ށ.ފުނަދޫ ޕޮލިސް ސްޓޭޝަނުން އެމްއެންޑީއެފް ނޮދަން އޭރިއާއަށް ދިނުމާއި އެކު އޭނާ ހޯދުމަށް ނޮދަން އޭރިއާގެ ސިފައިން ކުރަމުންދާ މަސައްކަތުގައި މިމަހު 29 ވަނަ ދުވަހު ށ.ފިރުނބައިދޫ ވަށައިގެންވާ މޫދުގެ ސަރަޙައްދު ފީނައިގެން ބަލާފައި ވާކަމަށް ސިފައިންގެއިން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ރަށްވަށާ ބެލުމުން ވެސް ޚަބަރެއް ވެފައި ނުވާއިރު، ރަށު ތެރޭގައި ފުލުހުންނާއި ގުޅީގެން އެދުވަހު ހެނދުނުން ފެށިގެން އިރުއޮއްސެންދެން ވެސް އޭނާ ހޯދުމުގެ މަސައްކަތުގައި ސިފައިންވެސް ވަނީ ޙަރަކާތްތެރިވެފައެވެ.

އަދި އިއްޔެ އާއި އޭގެ ކުރީ ދުވަހުންފެށިގެންވެސް ރަށުތެރެއާއި ރަށް ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބަލާ ފާސްކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މި މީހާ އެންމެ ފަހުން ފެނިފައިވަނީ ފުރަން ކަމަށް ބުނެ ގެންގުޅޭ ދަބަހާއި އެކު އަތިރި މަތިން ކަމަށާއި އަދި އެންމެ ފަހުން މި މީހާ ލައިގެން ހުރީ ހުދު ގަމީހަކާއި މަޑު މުށި ކުލައެއްގެ ޖީންސެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.