ދައުލަތުގެ ނަމުގައި ކައިވެނި ކޮށްދިނުމުގެ ހުއްދަ 12 ފަރާތަކަށް ދޫކުރުމަށް ފެމިލީ ކޯޓުން ނިންމައިފިއެވެ.
އާޢިލާ އާއި ބެހޭ ކޯޓުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓް އުސޫލުން ޝަރުއީ ކައިވެނި ކޮށްދިނުމުގެ ހުއްދަ ޢާއްމު ފަރާތްތަކަށް ދިނުމަށް ނިންމާފައި ވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުގެ 14:30ގެ ކުރިން ކަމާއި ގުޅޭ ލިޔެކިޔުންތައް ފެމިލީ ކޯޓަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކޮންޓްރެކްޓް އުސޫލުން ޝަރުއީ ކައިވެނި ކޮށްދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 12 މީހުންނަށެވެ.
އެކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ކޮށްދޭ ކޮންމެ ކައިވެންޏަކަށް 250 ރުފިޔާ ދިނުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...