ޓެރަރިޒަމްގެ މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ހައްޔަރު ނުކުރީ ނުކުރީ ވަގުތާއި ޕްރޮފައިލަށް ބެލުމަށްފަހު އޭނާ ހައްޔަރު ކުރަން ނުފެންނާތީ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުޞައިން ވަޙީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހުސެއިން ވަހީދު މިހެން ވިދާޅުވީ މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.
ކޮމިޝަނަރ ވިދާޅުވީ އެކަން އެގޮތަށް ކުރީ އެކަމުގައި އިސްކޮށް ޙަރަކާތްތެރިވީ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ހައްޔަރުކޮށްފައިނުވަނީ ވަގުތާއި މީހާގެ ޕްރޮފައިލް އަށް ބަލާފައި ކޮންމެހެން ހައްޔަރަށް ލާން ނުފެނުމުން ކަމަށެވެ.
އެހެން ނަމަވެސް ހައްޔަރުކުރަން ޖެހިއްޖެނަމަ އަދިވެސް ނާޒިމް ހައްޔަރު ކުރަން ފުލުހުން ފަސް ނުޖެހޭނެ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...