ޖޭޕީއަށް ވަރަށް އަވަހަށް މަޖިލިސް މެންބަރުން ތަކެއް ސޮއިކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޕާޓީގެ ލީޑަރު ޤާޞިމު އިބުރާހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން އެކި ފަންތީގައި މަަސައްކަތް ކުރައްވާ ފަރާތް ތަކާއި، ޕީއެޗްޑީ ފެންވަރުގެ ބޭފުޅުންނާ މެޑިކަލް ޑޮކްޓަރުންވެސް ދާދި އަވަހަށް ޖުމްހޫރީ ޕާޓީއަށް ސޮއިކުރާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.
އެހެން ނަމަވެސް ޖޭޕީއަށް ސޮއިކުރައްވަނީ ކޮން ޕާޓީއެއްގެ ކޮން މެންބަރުންނެއް ކަން އެ ޕާޓީން ހާމަކުރައްވާފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީން ޕީޕީއެމަށް ސޮއިކުރައްވާނެ މަޖިލިސް މެންބަރަކު މިހާރު ޖޭޕީގެ ނުހުންނާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން އެޕާޓީއަށް މަޖިލިސް މެންބަރުން ތަކެއް ސޮއިކުރަން އުޅޭކަމަށް ބުނެފައި މިވަނީ މިރޭބާއްވާ ޕީޕީއެމްގެ ޖަލްސާގައި ޕީޕީއެމަށް ޖޭޕީއާއި އެމްޑީޕީގެ މެންބަރުން ތަކެއް ސޮއިކުރަން އުޅޭކަމުގެ އަޑުތައް ސޯޝަލް މީޑީޔާގައި ފަތުރާފައި ވަނިކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...