ރާއްޖޭގެ ޚަބަރު ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމުގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

ނާޒިމުގެ ގާނޫނީ ވަކީލު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރާއި ޙަވާލާދީ ވީނިއުސްގައި ވިދާޅުވީ، ނާޒިމަށް ގައުމުން ބޭރަށް ވަޑައި ނުގެންނެވޭކަން ފުލުހުން އަންގާފައިވަނީ މީގެ ދެ ދުވަސް ކުރިން ނާޒިމު ގައުމުން ބޭރަށް ވަޑައިގަންނަން ބޭނުންފުޅު ވެގެން ފުލުހުންނަށް ލިޔުމުން ކަމަށެވެ.

އާޒިމާ ވިދާޅުވެފައި ވަނީ، ފުލުހުންނަށް ސިޓީ ފޮނުވުމުން ޖަވާބުގައި ފޮނުވާފައި އޮތީ ކޯޓު އަމުރެއްކަމަށާއި، އެ އަމުރުގައި ނާޒިމު ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓު ހަތިޔާރު ފެނުނު މައްސަލަ ތަހުގީގުކުރަމުންދާ ކަން ހާމަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މުހައްމަދު ނާޒިމާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝުކޫރު ހަތިޔާރު ބޭނުންކޮށްގެން ސަރުކާރު ބަދަލުކުރަން އުޅޭކަމަށް ދައްކަމުންދާ ވާހަކަތައް ވެސް އާޒިމާ ވަނީ ދޮގުކުރައްވާފަ އެވެ. އާޒިމާ ވިދާޅުވީ، އޭނާއާއި ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.