ރާއްޖޭގެ ޚަބަރު އެޑިޔުކޭޝަނުން ރައީސް ޔާމީން ފަލީޙަތް ކޮށްފި: ޓޭމް

އެޑިޔުކޭޝަނުން ރައީސް ޔާމީން ފަލީޙަތް ކޮށްފި: ޓޭމް

އެޑިޔުކޭޝަނުން ރައީސް ޔާމީން ފަލީޙަތް ކޮށްފި: ޓޭމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެޑިޔުކޭޝަން މިނިސްޓްރީން ރައީސް ޔާމީން ފަލީޙަތް ކޮށްފައި ވާކަމަށާއި، ޓީޗަރުންނަށް ބޮޑުކޮށްދެއްވަން ރައީސް ވަޢުދުވެ ވަޑައިގެންނެވި މުސާރަ ލިބިފައި ނުވާކަމަށް ޓީޗާސް އެސޯސިއޭޝަނުން ވިދާޅުވެއްޖެ އެވެ.

ޓީޗާސް އެސޯސިއޭޝަނުގެ ރައީސް އާތިފް އަބްދުލް ހަކީމް ސަން އޮންލައިންގައި ވިދާޅުވީ، އެއްވެސް ކެޓަގަރީއެއްގެ ޓީޗަރަކަށް މިނިސްޓްރީން ބުނި އަދަދަށް މުސާރައެއް ނުލިބޭނެ ކަމަށެވެ.

އާޓިފް އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅު އެޑިއުކޭޝަން މިނިސްޓްރީން ބޮލާލައި ޖަހާފައި ވާކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން ރައްޔިތުން ކުރިމަތީގައި ރައީސް ޔާމީން ފަޟީހަތް ކުރައްވާފައި ވާކަމަށެވެ.

އެހެން ކަމުން މިކަމަކީ މިއީ ހިތާމަ ހުރި ކަމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން ވިދާލުވިއެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް ޔާމީން ވަނީ ޓީޗަރުންގެ މުސާރައިން 33 އިންސައްތަ އަށްވުރެ ކުޑަނުވާނެ ޢަދަދަކުން މުސާރަތައް ބޮޑުކޮށް ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.