ލިޔުއްވީ: ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު
އިސްލާމީ ޝަރީޢަތަށް ލިބިގެންވާ އެންމެ މާތް ސިފައަކީ، އެއީ އިލާހީ އަދި ރައްބާނީ، ޝަރީޢަތަކަށް ވުމެވެ. މިމާތް ޝަރީއަތުގެ ޙުކުމްތަކާއި، ޤާނޫނުތައް ފެށިގެން އަންނަނީ، ރައްޔިތުންގެ ނުވަތަ ރައްޔިތުންގެ ފަރާތުން ކަނޑައެޅޭ މަންދޫބުންގެ އަޣުލަބިއްޔަތަކުން ނޫނެވެ. މަތިވެރި ﷲގެ ޙަޟުރަތުންނެވެ.
އިންސާނާ އަކީ ﷲގެ ޝަރީޢަތް ބިންމަތީގައި ޤާއިމު ކުރުމަށް ލެއްވިގެންވާ ޚަލީފާއެވެ. މިހެންކަމުން އޭނާއަކީ ނާއިބެވެ. އަސްލު ވެރިފަރާތަކީ ﷲއެވެ. ޙުކުމް ކަނޑައަޅުއްވަނީ ﷲއެވެ. އެޝަރީޢަތުގައި ޙާކިމަށް، ނުވަތަ ވެރިޔާއަށް ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. وَأَنِ ٱحۡكُم بَيۡنَہُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعۡ أَهۡوَآءَهُمۡ وَٱحۡذَرۡهُمۡ أَن يَفۡتِنُوكَ عَنۢ بَعۡضِ مَآ أَنزَلَ ٱللَّهُ إِلَيۡكَۖ فَإِن تَوَلَّوۡاْ فَٱعۡلَمۡ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَہُم بِبَعۡضِ ذُنُوبِہِمۡۗ وَإِنَّ كَثِيرً۬ا مِّنَ ٱلنَّاسِ لَفَـٰسِقُونَ (٤٩) أَفَحُكۡمَ ٱلۡجَـٰهِلِيَّةِ يَبۡغُونَۚ وَمَنۡ أَحۡسَنُ مِنَ ٱللَّهِ حُكۡمً۬ا لِّقَوۡمٍ۬ يُوقِنُونَ (٥٠) (سُوۡرَةُ المَائدة 49 – 50)
މާނައީ: "އަދި ﷲ ބާވައިލައްވާފައިވާ ޙުކުމަށް އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރައްވާށެވެ! އަދި، އެބައިމީހުންގެ އެދުންތަކަށް ތަބަޢަވެވަޑައި ނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ޙުކުމްތަކުން ކަލޭގެފާނު އެއްކިބާ ކޮށްފާނެކަމަށް އެބައިމީހުންނާއި މެދު ރައްކާތެރިވެވަޑައިގަންނަވާށެވެ. ފަހެ އެބައިމީހުން ޤުރުއާނުގެ ޙުކުމަށް ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެކެވަޑައިގަންނަށެވެ!
ހަމަކަށަވަރުން ﷲ އިރާދަ ކުރައްވާފައިވަނީ، އެބައިމީހުންގެ ބައެއް ފާފަތަކުގެ ސަބަބުން، އެބައިމީހުންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަ މީހުންނީ ފާސިޤުންކަން ކަށަވަރެވެ. ފަހެ އެބައިމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ހުކުމް ހެއްޔެވެ؟ އަދި ޔަޤީންކުރާ ބަޔަކަށް ﷲ އަށް ވުރެ ޙުކުމް ކުރެއްވުމުގައި މޮޅީ ކާކު ހެއްޔެވެ؟
އަދި ހަމައެފަދައިން ޙުކުމަށް ތަބާވާންތިބި ރައްޔިތުންނަށް އަމުރު ކުރައްވައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَـٰٓٮِٕكَ هُمُ ٱلۡمُفۡلِحُونَ (سُوۡرَةُ النُّور51) މާނައީ: އެބައިމީހުންގެ މެދުގައި ޙުކުމެއް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވާލައްވައިފި ހިނދަކު މުއުމިނުންގެ ބަހެއް ކަމުގައި ވާކަން ކަށަވަރީ ތިމަންމޭ އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަން ވެއްޖައީމުއޭ ބުނުމެވެ. އަދި ދިންނަވާ ނަޞީބު ލިބޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ."
މިގޮތުން އިސްލާމީ ޝަރީޢަތުގެ ހުރިހާ ޙުކުމަކީވެސް އިޙްތިރާމް ލިބިގެންވާ މަތިވެރި ޙުކުމް ތަކެކެވެ. އެއީ އިލާޙީ ޝަރީޢަތަކަށް ވުމުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އެއަށް މަތިވެރި ޤަދަރެއް ދެވިފައިވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. يَـٰٓأَيُّہَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَـٰزَعۡتُمۡ فِى شَىۡءٍ۬ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأَخِرِۚ ذَٲلِكَ خَيۡرٌ۬ وَأَحۡسَنُ تَأۡوِيلاً (سُوۡرَةُ النِّسَاء 59) މާނައީ: "އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ!
އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ ކަމަކާއި މެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި އެކަމާއި މެދު ޙުކުމް އޮތްގޮތް ބަލައި އެއާއި އެއްގޮތަށް ޢަމަލުކުރާށެވެ! ތިޔަބައިމީހުން ﷲއަށާއި، އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވަނީނަމަ އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ."
މިޤައުމު މިވަނީ ވަރަށް ފުން އަނދަވަޅެއްގެ ތުންފަތް މަތީގައި. އިތުބާރު ހިފޭ ޤާބިލް ދީނީ ޢިލްމުވެރިން މިޤައުމުގައި ނެތްކަމަށް ޤަބޫލު ކުރެވޭ ދަރަޖައަށް ޤައުމު ވެއްޓިއްޖެ. ގުޑުގުޑު ނައަޅާނީ ފުރިފައި ހުރި އެއްޗެއް.
މިސައިޓަކީ ދީނީ ނަމެއްކިއަގެން ވަރައް ގިނަ ދީނީ ޢިދުމުވެރިންވެސް، ކިއުއްވާ ލިއުވާ ސައިޓެކަމައްދެކޭތި، އިލާހީ ގާނޫނުގައި ވެރިޔަކު ހޮވުން އޮނަގޮތް ބުނެދެވުން އެދެން! އެކަން ކުރަނީ އެންމެ މީހެއްތޯ ނުވަތަ ދެމިހެއްތޯ! އަދި މިރާއްޖޭގަ ބަނުގުރާވިއްކަން ބިންތައް ކުއްޔައް ދެވޭގޮތެއް އިލާހީގާނޫނުގައި ވޭބާ؟ އެކަން ނުކުރޭވޭނަމަ އެކަންތައް ހުއްޓުވުމުގެ ކުރިން ގެންނަ ގާނޫނަކަށް އިލާހީ ގާނޫނޭ ކިއޭނެތޯ؟ މިކަންތައް އެނގޭ ބޭފުޅަކު ހުރިނަމަ، ކޮމެއްޓަކުންނަމަ ވެސް ޖަވާބެއް ލިބުމުގެ އިތިޒާރުގަ އަދިވެސް މިސައިޓައް ވަންނާން! އަބަދުވެސް އިވޭ އިލާހީ ޤަނޫނުގެވާކަ އެކަމަކު އެ ޤާނޫނުގައި ކަންތައް އޮތްގޮތް ބުނެދީ އެ ގޮތް އޮޅުންފިލުވައިދޭ ބޭފުޅަކު ނުދެކެމް!
އަޅުގަނޑު ބޭނުން “އައް ޝަރިކަ”(ކުންފުނި) އާ ބެހޭގޮތުން ރިޕޯޓް އެއް………………….
v.furihama liyuvvumeh. ekamaku islaamee shareeyatha v.dhuru sarukaaraka zakaath faisaa havaal kuravvan gaanoon haddhavaathee hama anthareesvey.