ދުނިޔެ ސަޢޫދީގެ ޢަބްދުﷲ ރަސްގެފާނު ވަރަށް އާދައިގެ ގޮތަކަށް ފަސްދާނުލައިފި

ސަޢޫދީގެ ޢަބްދުﷲ ރަސްގެފާނު ވަރަށް އާދައިގެ ގޮތަކަށް ފަސްދާނުލައިފި

ސަޢޫދީގެ ޢަބްދުﷲ ރަސްގެފާނު ވަރަށް އާދައިގެ ގޮތަކަށް ފަސްދާނުލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ކަމުގައި ހުންނަވަނިކޮށް އަވަހާރަވީ އަބްދުﷲ ބިން ޢަބްދުލް ޢަޒީޒު ފަސްދާނުލައިފިއެވެ.

ސަޢޫދީގެ ރަސްކަމުގެ ކޮއިލުން ވިދާޅުވީ ޢަބްދުﷲ ރަސްގެފާނު އަވަހާރަވުމުން ފަސްދާނުލާފައި ވަނީ ރަސްމީ ޢިއްޒަތެއް ދިނުމެއް ނެތި އެހެނިހެން މުސްލިމުން ވެސް ވަޅުލާ އުޞޫލުން އާދައިގެ މަތިން ވަރަށް އާދައިގެ ގޮތެއްގައި ކަމަށެވެ.

އިހައްރޭ މެންދަމު އެކެއްޖެހިއިރު އަވަހާރަވީ ސަޢޫދީ ރަސްގެފާނުގެ ކަށުނަމާދުގައި ދުނިޔޭގެ އިސްލާމީ ޤައުމު ތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އިރު، އިމާމުވެ ކަށުނަމާދު ކުރެއްވީ ޢަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު، އަދި ސައުދީ ޢަރަބިއްޔާގެ ރަސްކަމާއި އިއްޔެ ހަވާލުވެ ވަޑައިގެންނެވި ސަލްމާނު ބިން އަބްދުލް އަޒީޒު އެވެ.

އަބްދުﷲ ރަސްގެފާނު ފަސްދާނުލާ ސަރަހައްދު ހާމަ ނުކުރާނެ ކަމަށާއި، މަގުބަރާ ފާހަގަކުރާ ގޮތަށް ވެސް ހަމަޖެހިފައި ނުވާ ކަމަށް ގަނޑުވަރުން ވަނީ ބުނެފަ އެވެ.

ސައުދީޢަރަބިއްޔާގެ ވެރިކަމުގައި 10 އަހަރު ހުންނެވި އަބްދުﷲ ރަސްގެފާނު އަވަހާރަވެފައިވަނީ އެ ޤައުމުގެ ހޮސްޕިޓަލެއްގައި ނިއުމޯނިއާ އަށް ފަރުވާ ދެއްވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުން އުމުރުފުޅުން 90 އަހަރުގަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.