ރާއްޖޭގެ ޚަބަރު ރާއްޖެއަށް ބޭރުން އަންނަ ނޭދެވޭ، ދީނާ ޚިލާފު ނުފޫޒުތަކަށް ފުރުޞަތު ނުދިނުމަށް ގޮވާލައްވައިފި

ރާއްޖެއަށް ބޭރުން އަންނަ ނޭދެވޭ، ދީނާ ޚިލާފު ނުފޫޒުތަކަށް ފުރުޞަތު ނުދިނުމަށް ގޮވާލައްވައިފި

ރާއްޖެއަށް ބޭރުން އަންނަ ނޭދެވޭ، ދީނާ ޚިލާފު ނުފޫޒުތަކަށް ފުރުޞަތު ނުދިނުމަށް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭރުން ރާއްޖެއަށް އަންނަ ނޭދެވޭ، ދީނާ ޚިލާފު އެކިއެކި ނުފޫޒުތަކަށް ފުރުޞަތު ނުދިނުމަށާއި، ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރުމަށް ރައީސް ޔާމީން ގޮވާލައްވައިފިއެވެ.

އިއްޔެ ފާހަގަ ކުރި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް ޔާމީން ދެއްވި ޚިޠާބުގައި ވިދާޅުވީ، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފަރުޟުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށާއި، ޚާއްޞަކޮށް، ބޮޑެތިވަމުން އަންނަ ޅަދަރިންގެ ހިތްތަކުގަޔާއި ޒުވާނުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަންވާ ލޯތްބާއި އިޙްތިރާމާއި ޤަދަރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ދިވެއްސަކާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ މުހިންމު ޒިންމާއެއް ކަމަށެވެ.

އެހެން ކަމުން މިކަން ޙާޞިލު ކުރުމަށް މިރޮނގުން ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އެކި ޢުމުރުފުރާއަށް އަމާޒުކުރައްވައި، މިފަދަ ޚާއްޞަ ދީނީ ޕްރޮގްރާމްތަކެއް ހިންގަވައި ދެއްވުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ބޭރުން ރާއްޖެއަށް އަންނަ ނޭދެވޭ، ދީނާ ޚިލާފު އެކިއެކި ނުފޫޒުތަކާ ދޭތެރޭގައި ވިސްނަވައި، ދީނީ ޢަޤީދާ ބަލިކަށި ކޮށްލުމަށާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ނުދެއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.