ރާއްޖޭގެ ޚަބަރު ބަރަހަނާ ސައިޓްތަކަށް ރާއްޖެއިން ނުވަދެވޭގޮތް ހަދަނީ

ބަރަހަނާ ސައިޓްތަކަށް ރާއްޖެއިން ނުވަދެވޭގޮތް ހަދަނީ

ބަރަހަނާ ސައިޓްތަކަށް ރާއްޖެއިން ނުވަދެވޭގޮތް ހަދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ބަރަހަނާ ސައިޓްތަކަށް ރާއްޖެއިން ނުވަދެވޭ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒު މިހެން ވިދާޅުވެފައި ވަނީ ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

ވީނިއުސްއިން ބުނީ އެ ނޫހަށް މަޢުލޫމާތު ދެއްވަމުން ރާއްޖެއަކީ މުސްލިމު ގައުމަކަށްވެފައި ބަރަހަނާ ފޮޓޯ ހުންނަ ސައިޓުތަކަށް ވަދެވޭ ގޮތް ހަދައިގެން ނުވާނެ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވި ކަމަށާއި، އެފަދަ ސައިޓްތަކަށް ވަދެވުމަކީ ކުށްކުށަށް އަރައިގަތުމަށް ލިބޭ ފުރުސަތެއް ކަމަށް އެވެ.

މީގެ އިތުރުން ބަރަހަނާ ސައިޓުތަކަށް ނުވަދެވޭނެ ގޮތް ހެދުމަށްޓަކައި ދިރާސާ ތަކެއް ހަދަމުން އަންނަ ކަމަށާއި އެފަދަ ސައިޓުތަކަށް ނުވަދެވޭ ގޮތެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާނީ ދިރާސާކޮށް ނިމުމުން ކަމަށް ޕީޖީ އާއި ޙަވާލާދީ އެ ނޫހުގައި ވެއެވެ.

ދުނިޔޭގެ އިސްލާމީ ހުރިހާ ޤައުމެއްގައިހެން ބަރަހަނާ ސައިޓް ތަކަށް ނުވަދެވޭ ގޮތަށް އިންޓަރނެޓުގެ ޚިދުމަތްދޭ ފަރާތްތަކާއި ކަމާބެހޭ ފަރާތްތަކުން ހަމަޖައްސާފައި ވީނަމަވެސް ދިވެހިރާއްޖޭގައި ބަރަހަނާ ސައިޓް ތަކަށް ވަނުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.