ބޮޑެތި މުޖުރިމުންގެ މައްޗަށް ކުށް ސާބިތުނުވެ މަޢުޞޫމު މީހުންނަށް އަނިޔާވެރިވުމުން މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެ ކަމަށާއި، އެފަދަ އަނިޔާވެރިންގެ ނިމުން ހިތިވާނެ ކަމުގެ އިންޒާރު ޢަދާލަތު ޕާޓީން ދީފިއެވެ.
މަޤާމުގައި ހުންނަވަނިކޮށް ރޭގަނޑެއްގެ މެންދަމު ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނެއްގައި އެގެއިން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށްބުނެ ޑިފެންސް މިނިސްޓަރު މަޤާމުން ވަކި ކުރުމާއި އެކު ޢަދާލަތު ޕަޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑެތި މުޖުރިމުންގެ މައްޗަށް ކުށް ސާބިތުނުކުރެވި ކުށްނުކުރާ މަޢުޞޫމު މީހުންނަށް އަނިޔާ ލިބެން ފެށުމަކީ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޢިމްރާން ވިދާޅުވީ، ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު އަނެކާގެ ބޮލުގައި އެކަންކަން އަޅުވައި ބަދުނާމުކޮށް ނެތިކޮށްލުމަށް މަސައްކަތް ކުރާ މީހުންގެ ނިމުން އަންނާނީ މާ ހިތިކޮށް ކަމަަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...