ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ އެ މަގާމަށް އައްޔަނު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލީ ހަމީދު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާކުރައްވާފަ އެެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަަމަށް އަލީ ހަމީދު އައްޔަން ކުރައްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ކޮމިޝަނުން އިސްތިއުފާ ދެއްވިއިރު އާދަމް މުހައްމަދު ހުންނެވީ ޖޭއެސްސީގެ ރައީސް ކަމުގެ މަޤާމުގަ އެވެ.
އަލީ ހަމީދު ޖޭއެސްސީއަށް އައްޔަންކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަަމަށް މަޢުލޫމާތު ލިބޭ އިރު، ބަދުއަޚުލާޤީ މައްސަލަ ތަކަކާއި ލީކުވެފައިވާ ވީޑިޔޯ ތަކަކާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...