ރާއްޖޭގެ ޚަބަރު ރޯދަމަހު 2 ޢުމުރާ ވެވޭގޮތަށް ޢުމުރާ ދަތުރާއި ޙައްޖު ކޯޕަރޭޝަނުގެ އާޕެކޭޖު ތަކުގެ ތަފްޞީލު ހާމަކޮށްފި

ރޯދަމަހު 2 ޢުމުރާ ވެވޭގޮތަށް ޢުމުރާ ދަތުރާއި ޙައްޖު ކޯޕަރޭޝަނުގެ އާޕެކޭޖު ތަކުގެ ތަފްޞީލު ހާމަކޮށްފި

ރޯދަމަހު 2 ޢުމުރާ ވެވޭގޮތަށް ޢުމުރާ ދަތުރާއި ޙައްޖު ކޯޕަރޭޝަނުގެ އާޕެކޭޖު ތަކުގެ ތަފްޞީލު ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޯދަމަހުގެ ތެރޭގައި 2 ޢުމުރާ ވެވޭގޮތަށް ޢުމުރާ ދަތުރުގެ ތަފްޞީލާއި އެކު ޙައްޖު ކޯޕަރޭޝަނުގެ އާޕެކޭޖު ތަކުގެ ތަފްޞީލު ހާމަކޮށްފިއެވެ.

އެގޮތުން ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި އަންނަ ރޯދަމަހު ޢުމުރާ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ދައްކަވަން ޖެހޭ އަގަކީ -/39965 ރ އެވެ.

މި ޕެކޭޖުގައި ހިމެނެނީ ދެކޮޅު ޓިކެޓުގެ އިތުރުން ވިސާ އާއި، ވެކްސިނާއި، ތަމްރީނު ޕްރޮގްރާމަކާއި، 11 ދުވަހު މައްކާގައި ތިބުމުގެ ހުރިހާ ޚަރަދު ތަކާއި، މަދީނާގައި 3 ދުވަހު ތިބުމުގެ ހުރިހާ ޚަރަދު ތަކާއި، މައްކާ އާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ އިތުރުން ކޮންމެ މީހަކަށް ދެވޭ ޒަމްޒަމް ފެންފުޅިއެއް ހިމެނެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން ޢުމުރާ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެބޭފުޅުން ތިއްބަވާ ހޮޓަލުން ފައިމަގުގައި ހިނގާލާފައި އެންމެ 5 މިނެޓުން ޙަރަމްފުޅަށް ދެވޭނެ ކަމަށާއި، ޢުމުރާ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް ކެއިން ބުއިމުގެ ކަންކަން ވެސް އިންތިޒާމް ކުރާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އަލަށް ތަޢާރަފު ކުރި ދެ ޕެކޭޖުގެ ތެރެއިން ފުރަތަމަ ޕެކޭޖަކީ ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މުވައްޒަފުންގެ ސްކީމެކެވެ.

މި ސްކީމު މެދުވެރިކޮށް މާބޮޑު ތަކްލީފަކާއި ނުލާ ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ޙައްޖަށް ދެވެއެވެ.

މީގެ އިތުރުން ދުރުމުސްތަގުބަލުގައި ހައްޖަށް ދާން ޕްލޭންކުރާ ޢާއްމުންގެ ފަރާތްތަކަށް ފަސޭހަ ސްކީމެއް ވެސް ޙައްޖު ކޯޕަރޭޝަނުން އަލަށް ތަޢާރަފު ކޮށްފައި ވާއިރު، ކުޑަ އަދަދަކުން ފައިސާ ދައްކަމުން މި ޕެކޭޖަށް ފައިސާ ހަމަކުރެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.