ރާއްޖޭގެ ޚަބަރު ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކިކުރައްވައި މޫސާ ޢަލީ ޖަލީލު އެމަޤާމަށް ޢައްޔަނު ކުރައްވައިފި

ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކިކުރައްވައި މޫސާ ޢަލީ ޖަލީލު އެމަޤާމަށް ޢައްޔަނު ކުރައްވައިފި

ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކިކުރައްވައި މޫސާ ޢަލީ ޖަލީލު އެމަޤާމަށް ޢައްޔަނު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކިކުރައްވައި މޫސާ ޢަލީ ޖަލީލު އެމަޤާމަށް ޢައްޔަނު ކުރައްވައިފިއެވެ.

އެހެން ނަމަވެސް ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ހެންވޭރު ރާޅާހާ މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލް މިއަދު ޢައްޔަނު ކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު، ރައީސުލް ޖުމްހޫރިއްޔާ އަރުއްވާފައި ވާކަމަށެވެ.

މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

މޫސާ ޢަލީ ޖަލީލު މީގެ ކުރިން ސަރުކާރު ހިންގަވާ ޕީޕީއެމަށް ސޮއިކުރައްވާފައި ވާއިރު، މި ސަރުކާރުގައި އޭނާ ވަނީ ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމު ފުރުއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.