" ޤައުމާއި މެދު އަހަރެމެންގެ މަސްއޫލިއްޔަތު " މި ނަމުގައި ވަރަށް ޚާއްޞަ ބޮޑު ދަރުސެއް އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
މި ދަރުސް އޮންނާނީ މި މަހުގެ 23 ވާހުކުރު ދުވަހުގެރޭ 20:45 ގައި އަލިމަސް ކާނިވަލުގެ ސްޓޭޖުގައި ކަމަށް މިކަން އިންތިޒާމް ކުރައްވާ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައި ވެއެވެ.
މި ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު އަންދަލުސް ދަރުސުން ގިނަ ދިވެހިންގެ މަޤްބޫލުކަން ހޯއްދަވާފައިވާ އައްޝައިޚް އާދަމް ޝަމީމް އެވެ.
އެހެން ކަމުން މި ދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބަޔަކު ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަޙައްދަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވަނީ ވަނީ ދަޢުވަތު އަރުއްވާފައެވެ.
23 january 2015 vaa Hukuru dhuvahuge rey kaanivaa stage ga baavaa khaassa dharusah dhauvathu aruvan! pic.twitter.com/YAsvGI06T3
— د.محمد شهيم علي سعيد (@Mohamedshaheem1) January 19, 2015
" ޤައުމާއި މެދު އަހަރެމެންގެ މަސްއޫލިއްޔަތު " ގެ ނަމުގައި މި ފަދަ ދަރުސެއް މި ބާއްވަނީ ރާއްޖޭގެ ބައެއް ބޮޑުން ޒުވާނުންނަށް އެހެން މަގެއް ދައްކަމުން ގެންދާ ކަމަށް ބައެއް ޢިލްމުވެރިން ތުހުމަތު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...