ދީން އިސްލާމީ މާލިއްޔަތުގެ އަލީގައި، ރިބާ ޙަރާމްވުން

އިސްލާމީ މާލިއްޔަތުގެ އަލީގައި، ރިބާ ޙަރާމްވުން

އިސްލާމީ މާލިއްޔަތުގެ އަލީގައި، ރިބާ ޙަރާމްވުން

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ރިބާ، މިބަހުގެ މާނައީ އިތުރުކުރުން، އުފުލުން، މަތިކުރުން، ގިނަކުރުން ނުވަތަ ބޮޑުކުރުމެވެ. އިސްތިލާޙީ މާނައަކީ ނަހަމަ ގޮތްތަކަކުން އަގުކުރެވޭ އެއްވަރުގެ-އަގުތަކެއް ހިމެނޭ މުޢާމަލާތްތަކެއްގެ ސަބަބުން އެއްވައްތަރުގެ އަދި އެއްބޭނުމެއް ކުރެވޭ ދޭއްޗެއް ނުވަތަ އެއަށްވުރެ ގިނަ އެއްޗެއް އެކަތި އަނެކައްޗަށް ބަދަލުކުރާއިރު ނާޖާއިޒު ފައިދާއެއް ހޯދުމެވެ. އޭގެ އެއްޗެއް ފަހުން ބަދަލުކުރުމުން ވެސް ރިބާ ހިމެނިގެންދެއެވެ. އެއީ އެ ފަސްކުރުމަކާއިއެކު އިތުރުކުރުމެއް ބަދަލުކުރެވުނު އެއްވަރުގެ-އަގެއް ހިމެނޭ އެއްޗެއް ކަމުގައި ވީނަމަވެސް މެއެވެ.

ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. "ރަނަށް ރަނެވެ. ރިއްސަށް ރިއްސެވެ. ގޮދަނަށް ގޮދަނެވެ. ބާރލީއަށް ބާރލީއެވެ. ކަދުރަށް ކަދުރެވެ. އަދި ލޮނަށް ލޮނެވެ. އެއްވައްތަރުގެ އެއްޗަކާއި އެއްވައްތަރުގެ އެއްޗެކެވެ. އެއްވަރުގެ އެއްޗަކާއި އެއްވަރުގެ އެއްޗެކެވެ. އަދި އަތުން އަތަށެވެ. ނަމަވެސް މުދާ ތަފާތުވާނަމަ، ތިޔަބައިމީހުން ބޭނުން ގޮތަކަށް ވިއްކާލާށެވެ. އަދި އަތުން އަތަށް ބަދަލުކުރާށެވެ." (ސަޙީހް މުސްލިމް)

މި ޙަދީޘުން އެނގޭގޮތުގައި ދެ ރިބަވީ މުދަލެއް ބަދަލުކުރާއިރު ރިބާ ހިމެނޭ މައިގަނޑު ދެ ވައްތަރެއްވެއެވެ. ފުރަތަމައީ، ލަސްކޮށްފައި ފަހުން ބަދަލުކުރުމެވެ. ދެވަނައީ، އެއްވަރުގެ-އަގެއްގެ ތަފާތުވުމެވެ. މީގެ މާނައަކީ އެއްވައްތަރުގެ ދެ މުދަލެއް ބަދަލުކުރާއިރު، ދެ ގަވައިދެއް ބޭނުންކުރުމުން ރިބާ ހިމެނިގެން ނުދާނެއެވެ. އެއީ

  • ވަގުތުން ވަގުތަށް ބަދަލުކުރެވޭ މުޢާމަލާތަކަށް ވުން، އެއިން މުދަލެއް ލަސްވެއްޖެނަމަ، ރިބާ އަލް ބުޔޫ އަށް މަގުފަހިވެއެވެ.
  • ހަމަހަމަވާ އެއްވަރުގެ-އަގެއް ކަމުގައިވުން، މިސާލަކަށް 2 ކިލޯ ކަދުރަށް 2 ކިލޯގެ ކަދުރު ބަދަލުކުރުން

މިއިން ދޭހަވަނީ މިޒަމާނުގައި ނަގާ އިންޓެރެސްޓަކީ ރިބާއެވެ. އެއީ އެކަމުގައި ފައިސާ ބަދަލުކޮށް މަތީގައިވާ ދެ ގަވައިދާއި ޚިލާފުވާތީއެވެ. ސަބަބަކީ ލޯނުގެ އިތުރަށް ދައްކަން ޖެހޭބައި ދައްކަން ޖެހެނީ ފަހުން ކަމުގައި ވާތީއެވެ.

އެހެންވުމުން، ރިބާ ހިމެނޭ މުޢާމަލާތްތައް ބެހެނީ ދެބަޔަކަށެވެ. އެއީ

  • ރިބާ ހިމެނޭ ލޯނު އެއްބަސްވުން (ރިބާ އަލް ދުޔުންނ) – ރިބާ އަލް ނާސިއާ (ފަހުން ފައިސާ ދެއްކުމުގެ ސަބަބުން އިތުރުވުން) އަދި "ރިބާ އަލް ޤުރުއާން" އޭ ވެސް ކިޔައެވެ.
  • ރިބާ ހިމެނޭ ބަދަލުކުރާ އެއްބަސްވުން (ރިބާ އަލް ބުޔޫ) – ރިބާ އަލް ފަޞްލް އަދި "ރިބާ އަލް ސުންނަތް" އޭ ވެސް ކިޔައެވެ.

ރިބާ އަލް ދުޔުން ނުވަތަ ރިބާ އަލް ނާސިއާ ހިމެނެނީ އެއްޗެއް ދިނުމާއި އެއްޗެއް ލިބިގަތުމުގެ މުޢާމަލާތް ތަކުގައެވެ. ނާސިއާ އައިސްފައިވަނީ ނަސާއު މިބަހުންނެވެ. ނަސާއުގެ މާނައަކީ ފަސްކުރުން، ލަސްކުރުން ނުވަތަ މަޑުކުރުމެވެ. ޝަރުއީ ގޮތުން ބަލާ ނަމަ އެއީ ދެފަރާތް އެއްބަސްވާ ހާލަތައް ބަލައިގެން، ފައިސާގެ އަސްލު އަގަށް އިތުރުވާ ގޮތަށާއި އަދި ފައިސާ ދޭއިރު ނުވަތަ ނަގާއިރު އިންސާފެއްނެތި އިތުރުކުރުމެވެ. އެއީ އޭގެ ބާވަތުން ނުވަތަ ފައިސާއިން އިތުރުކުރި ނަމަވެސް މެއެވެ. މިކަން މުހިއްމު ނޫން އެއްޗަކަށް ހަމައެކަނި ވާނީ، އިތުރުކުރުން ނުވަތަ ރިބާ ހިމެނެނީ ފެށިގެންއަންނަ ވަގުތާއި އަދި އަނބުރާ ދެއްކުމަށް ނެގި ވަގުތަށް ބަހާލައިގެން ނުވަތަ އާންމުކޮށް އޮންނަ ވަގުތުގައެވެ.

ރިބާ އަލް ބުޔޫ ނުވަތަ ރިބާ އަލް ފަޞްލް ހިމެނެނީ ވިޔަފާރިއެއް ނުވަތަ ބަދަލުކުރުމެއްގެ މުޢާމަލާތް ތަކުގައެވެ. އެއީ އެއްވައްތަރެއްގެ ރިބަވީ ދެ މުދަލެއް ބަދަލުކުރާއިރު އެއްމުދާ ފަހުން ދިނުން އަދި/ނުވަތަ އެއާއި އެއްވަރު ނޫން އަގެއް ދިނުމެވެ. މަތީގައި ބަޔާންވެދިޔަ ހަދީޘުން އެނގޭ ގޮތުން މުޢާމަލާތްތަކުގައި ހިމެނޭ ހަ މުދަލުގެ ދެ ޤަވައިދަށް އަމަލުނުކުރުމުން ރިބާހިމެނިގެން ދެއެވެ. ފުރަތަމަ ޤަވައިދަކީ، ވިއްކާލެވޭ އެއްޗަކީ އެއް އަގެއްގެ (އެއްވަރުގެ-އަގެއް) އެއްޗަކަށް ވުން އަދި ދެވަނަ ޤަވާއިދަކީ، ވަޤުތުން ބަދަލުކުރެވޭ އެއްޗަކަށް ވުމެވެ. ނަމަވެސް، ޙަދީޘުން އެނގޭ ގޮތުން، މުދާ ތަފާތުވިނަމަވެސް، މިސާލަކަށް ލޮނަށް ކަދުރު ބަދަލުކުރާއިރު ނުވަތަ ކަދުރަށް ލޮނު ބަދަލުކުރާއިރު އަގު ތަފާތުވި ނަމަވެސް، މުދާ ފޯރުކޮށްދިނުން ވާންޖެހޭނީ ވަގުތުން ވަގުތަށެވެ.

ތަފާތު ބާވަތްތަކުގެ މުދާ ބަދަލުކުރުމުގައި ރިބާގެ ގަވާއިދުތައް ތަފާތުވާކަން އެނގެންޖެހެއެވެ. އެއީ އެއް އަސާސްއަކަށް ނުވަތަ ތަފާތު އަސާސްއަކަށް ވީ ނަމަވެސް މެއެވެ. އެހެން ނަމަވެސް، ހަދީޘްގައި ބަޔާންވެދިޔަ ހަ މުދަލުގެ އަސްލު އަސާސްއަށް ތަފާތު ދެ ރައުޔެއް އައިސްފައި ވެއެވެ. އެއީ:-

  1. ފައިސާ ބަދަލުކުރާ ވަސީލަތް ރަމްޒުކޮށްދެނީ ރަނާއި ރިހި އަދި ފައިސާގެ ގޮތުގައި ބޭނުންކުރާ އެހެނިހެން ތަކެތި
  2. ކާތަކެތީގެ ބާވަތްތަކުގެ ގޮތުގައި ރަމްޒުކޮށްދެނީ ގޮދަނާއި، ބާރލީއާއި، ކަދުރާއި އަދި ލޮނެވެ. އަދި ތަފާތު މަޒުހަބުތަކުގެ ސަބަބުން އިތުރުވާ ބާވަތްތައް ހިމެނެއެވެ.

އެއްބާވަތެއްގެ އެއްޗެއް، މިސާލަކަށް ރަނަށް ރަން ނުވަތަ ފައިސާއަށް ފައިސާ ބަދަލުކުރާ ކަމުގައި ވަނީނަމަ ހަމަހަމަވުމާއި އަދި ވަގުތުން ބަދަލުކުރުމުގެ ހިމެނޭ ދެ ގަވައިދައް އަމަލުކުރަންޖެހެއެވެ. ނަމަވެސް، އެއް އަސާސްއެއްގެ ތަފާތު ދެ ބާވަތެއްގެ އެއްޗެއް (މިސާލަކަށް، ރަން ރިއްސަށް ނުވަތަ ގޮދަން ކަދުރަށް) ބަދަލުކުރާ ނަމަ ހަމައެކަނި ވަގުތުން ބަދަލުކުރެވިދާނެއެވެ. އަދި މުއާމަލާތްތަކުގެ އަދަދު ތަފާތުވުމާއި ފަސްކުރުންވަނީ ވިއްކަން އެދޭމީހާ އާއި ގަންނަން ބޭނުންވާ މީހާގެ ދެމެދުގައެވެ.

 

ތާވަލް 01: ރިބަވީ މުދާ ބަދަލުކުރުމުގައި ބޭނުންކުރާ ޤަވައިދު
މުދާ 1 މުދާ 2 އަމަލުކުރެވޭ ޤަވައިދު ރިބާ ނުހިމެނޭ މުޢާމަލާތް ރިބާ ހިމެނޭ މުޢާމަލާތް
ފައިސާ ހ ފައިސާ ހ ● ހަމަހަމަކަން● އަތުން އަތަށް 100 ރުފިޔާ، 100 ރުފިޔާ އަށް ވަގުތުން ބަދަލުކުރުން ● 100 ރުފިޔާ، 150 ރުފިޔާ އަށް ބަދަލުކުރުން● 100 ރުފިޔާ 100 ރުފިޔާ އަށް ލަސްކުރުމަކާއިއެކު ބަދަލުކުރުން
ކާތަކެތި ހ ކާތަކެތި ހ ● ހަމަހަމަކަން● އަތުން އަތަށް 10 ކިލޯގެ ލޮނު، 10 ކިލޯގެ ލޮނަށް ވަގުތުން ބަދަލުކުރުން ● 10 ކިލޯގެ ލޮނު، 5 ކިލޯގެ ލޮނަށް ބަދަލުކުރުން● 10 ކިލޯގެ ލޮނު، 10 ކިލޯގެ ލޮނަށް ލަސްކުރުމަކާއިއެކު ބަދަލުކުރުން
ފައިސާ ހ ފައިސާ ށ ● އަތުން އަތަށް 100 ރިޔާލް ، 200 ރުފިޔާ އަށް ވަގުތުން ބަދަލުކުރުން ● 100 ރިޔާލް، 200 ރުފިޔާ އަށް ލަސްކުރުމަކާއިއެކު ބަދަލުކުރުން
ކާތަކެތި ހ ކާތަކެތި ށ ● އަތުން އަތަށް 10 ކިލޯގެ ލޮނު، 20 ކިލޯގެ ކަދުރަށް ވަގުތުން ބަދަލުކުރުން ● 10 ކިލޯގެ ލޮނު، 20 ކިލޯގެ ކަދުރަށް ލަސްކުރުމަކާއިއެކު ބަދަލުކުރުން
ފައިސާ ކާތަކެތި ނެތް 100 ރުފިޔާ، 10 ކިލޯގެ ކަދުރަށް ބަދަލުކުރުން ނެތް

 

 

 

ޓެގް

ޙަރާމްވުން މާލީއްޔަތު އިސްލާމީ ރިބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.