" އުނގެނެމާ ! " މި ނަމުގައި ކުޑަކުދިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމޖެހިއްޖެ އެވެ.
މާދަމާ ހަވީރު ބާއްވާ މި ދަރުސް ގައި ކުޑަކުދިންނަށް މަޢުލޫމާތު ދެއްވާނީ އައްޝައިޚް މުޖުތަބާ ހަމީދު ކަމަށް މި ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން ވިދާޅުވެއެވެ.
މާދަމާ ހަވީރު 04:30 ގައި ފަށާ މި ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ.
އެހެން ކަމުން މި ދަރުސަށް ވީހާވެސް ގިނަ ކުޑަކުދިން ގޮވައިގެން ވަޑައިގަތުމަށް އެންމެހާ ބެލެނިވެރިންނަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...