ޑިމޮކްރަސީއެއް ފައްކާވަމުން އަންނަ ޤައުމެއްގައި ފުލުހުންނަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން
ވެސްޓަރން އޮސްޓްރޭލިއާގެ ޕޮލިސް މަޢުލޫމާތުދީފިއެވެ.
ޑިމޮކްރަސީއެއް ފައްކާވަމުން އަންނަ ޤައުމެއްގައި ފުލުހުންނަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުންނެވެ.
ތާސްޑޭ ފޯރަމްގައި ވާހަކަ ދައްކަވަމުން ވެސްޓަން އޮސްޓްރޭލިއާގެ ކޮމިޝަނަރ ވިދާޅުވީ ފުލުހުންނަށް ބާރުތައްލިބިފައި ވީނަމަބެސް އެބާރުތައް ބޭނުން ކުރަންޖެހޭނީ އޭގެ އެންމެ ރަގަޅު ވަގުތު އެންމެ ރަގަޅު ގޮތުގައި ރަގަޅަށް ވިސްނުމަށް ފަހު ކަމަށެވެ.
އަދި ޑިމޮކްރަސީއެއްގައި އަންނަ އެއް ކަމެއްގެ ގޮތުގައި ބާރުގެ ބޭނުން ކުރުން ހިމެނޭއިރު ބާރު ބޭނުން ކުރަނީ ކިހިނެއް ކަމާއި ކީއްވެގެން ކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ކޮނިޝަނަރ ވިދާޅުވިއެވެ.
ވެސްޓަން އޮސްޓްރޭލިއާގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވީ ފުލުހުން ވާންވާނީ ރައްޔިތުންނަށާއި ޤައުމަށް އަދި ވެރިންނަށް އިޚުލާސްތެރި ބައެއް ކަމުގައި ކަމަށާއި ފުލުހުންގެ މަސައްކަތް ކުރިއެރުވުމަށް ވެރިންގެ ބަސް ޤަބޫލުކޮށް ވެރިންނަށް ބޯލަންބައި ކިޔަމަންތެރި ބައެއްގެ ގޮތުގައި ވުން ކޮންމެހެން މުހިއްމު ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ދިވެހި ފުލުހުންގެ ކިބައިން އެދިވަޑައިގަތެވެ.
ވެސްޓަރން އޮސްޓްރޭލިއާގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވީ ފުލުހުނަނަކީ އެމީހުން ކުރާ މަސައްކަތަށް ޖަވާބުދާރީ ވާން ޖެހޭ ބައެއް ކަމަށާއި ޤައުމަށް އަދި ވެރިންނަށާއި ސަރުކާރަށް ފުލުހުން އެއްބާރުލުންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި ފުލުހުން ކުރަމުންދާ މަސައްކަތް މީޑީއާއިން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި އެހެން ކަމުން ފުލުހުންގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައި އެކަމަށް ޖަވާބުދާރީ ވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ
ވެސްޓަން އޮސްޓްރޭލިއާގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ އޯގަނައިޒޭޝަނަކީ ވަރަށް ޒުވާން އޮގަނައިޒޭޝަނެއް ކަމަށް ވުމާއެކު ކަންކަން ކުރުމުގައި ގޮންޖެހުން ހުންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކުރުމުގައި ކެތްތެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު އިޤްތިޞާދީ ގޮތުން ދަތިތައް ކުރިމަތިވަމުން ދާނެކަމަށާއި ރާއްޖޭގައިވެސް އެފަދަ ގޮންޖެހުންތައް ހުންނާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މި ފޯރަމަކީ ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓު ސްޓަޑީސް އިން ފުލުހުން ތައުލީމީ ޤާބިލް ބަޔަކަށް ހަދައި ފުލުހުން ހޭލުންތެރި ކުރުމަށް ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ފޯރަމެކެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...