ސ ހިތަދޫ ނޫރާނީ ސްކޫލު ޢަރަބި މީޑިޔަމަށް މުޅިން ބަދަލުކޮށް ކިޔަވައިދޭން ފަށައިފި

ސ ހިތަދޫ ނޫރާނީ ސްކޫލު ޢަރަބި މީޑިޔަމަށް މުޅިން ބަދަލުކޮށް ކިޔަވައިދޭން ފަށައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އައްޑޫސިޓީގެ ހިތަދޫގައި ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ހިންގަމުންގެންދާ ސ ހިތަދޫ ނޫރާނީ ސްކޫލު ޢަރަބި މީޑިޔަމަށް މުޅިން ބަދަލުކޮށް ކިޔަވައިދޭން ފަށައިފިއެވެ.

އައްޑޫ އޮންލައިން ނޫހުން ބުނީ އިއްޔެ ހެނދުނު އެސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އަރަބި މީޑިއަމް ސްކޫލެއްގެ ގޮތުގައި އެ ސްކޫލު ހުޅުއްވަވައި ދެއްވެވީ ގައުމީ ޔުނިވަރސިޓީގެ އައްޑޫކެމްޕަހުގެ ލެކްޗަރ ޝައިޚް ޙަސަން ލަޠީފް ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު ޝިހާމުގެ ފަރާތުން ފޮނުއްވަވާފައިވާ ގަރާރު އިއްވަވައިދެއްވެވީ އައްޑޫހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.

މިނިސްޓަރުގެ ގަރާރުގައި ނޫރާނީ ސްކޫލު އަރަބި މީޑިއަމް ސްކޫލަކަށް ބަދަލުވެގެންދާ މި މުހިއްމު ތާރީޚި މުނާސަބާގައި ސްކޫލުގެ އިސްވެރިންނަށާއި ދަރިވަރުން އަދި ބެލެނިވެރިންނާއި ސްކޫލުގެ މުވައްޒަފުންނަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

“އިސްލާމް ދީނާ ގައުމިއްޔަތަށް ލޯބިކުރާ، ދީނީ އަދި ގައުމީ ވާޖިބުތަކަށް އަހުލުވެރި ދަރިވަރުން އުފެއްދުމަކީ ރައީސް ޔާމީންގެ ވައުދެއް. މިއަދު ނޫރާނީ ސްކޫލް އަރަބި މީޑިއަމް ސްކޫލަކަށް ބަދަލުވެެގެން މި ދަނީ ރިޔާސީ ވައުދުގެ ތެރެއިން” ކަމަށް މިނިސްޓަރުގެ ގަރާރުގައި ވެއެވެ.

އައްޑޫއަކީ ދީނީ އިލްމުވެރިން ގިނަ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެއް ކަމުގައި ވިދާޅުވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ނޫރާނީ ސްކޫލަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝިޔާރު ފާޅުކޮށް،އިސްލާމީ ތައުލީމު އުފައްދާ،އިލްމު ފެތުރުމަށް މުހިއްމު ދައުރެއް އަދާކުރާނެ ސްކޫލަކަށް ހެދުމަކީ އަމާޒު ކަމަށާއި މި ސްކޫލަކީ ގިނަ ދަރިވަރުންތަކަކަށް އަރަބި ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

33 ދަރިވަރުންނާއެކު އަރަބި މީޑިއަމަށް ބަދަލުކޮށްފައިވަނީ އެސްކޫލުގައި މިއަހަރު އަލަށްއުފެދުނު ގްރޭޑް 1 އެވެ. އަދި އެސްކޫލުގައި ކުރިން ކިޔަމުންގެންދިޔަ ދަރިވަރުންނަށްވެސް ވަނީ ގްރޭޑް 7 ނިމެންދެން ކުރީގައިވެސް ކިޔަވަމުންގެންދިޔަ އިންގްލިޝް މީޑިއަމަށް ހަމަ އެސްކޫލުގައި ކިޔެވޭނެ ގޮތް ހަމަޖައްސާފައެވެ.

އަރަބި މީޑިއަމް ސްކޫލަކަށް ނޫރާާނީ ސްކޫލު ބަދަލުވާއިރު މިހާރު ފަށާފައިވަނީ ގްރޭޑް 1 އެކަންޏެވެ.އަދި އަންނަ އަހަރު ގްރޭޑް 2 ވެސް ފަށާނެ ކަމަށާއި މިގޮތަށް ކޮންމެ އަހަރަކަށް ގްރޭޑެއް އިތުރު ކުރަމުން ގޮސް އެސްކޫލުގައި ގްރޭޑް 10 އަކާާ ހަމައަށް ކިޔެވޭނެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށްއެސްކޫލުން ބުނެއެވެ. އަދި އެސްކޫލުގައި ކިޔެވުން ފުރިހަމަ ކުރާ ދަރިވަރުންނަށް ގައުމީ މަންހަޖާ އެއްގޮތަށް އިނގިރޭސި ބަސްވެސް ކިޔަވައިދެވޭނެ ކަމަށާއި ސްކޫލު ނިންމާއިރު 2 ބަހުންވެސް ދަރިވަރުންނަށް ކުރިއަށް ދެވޭނެ ކަމަށް ނޫރާނީ ސްކޫލުން ބުނެއެވެ.

މަސްދަރު: އައްޑޫ އޮންލައިން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.