އަވައްޓެރި ސްރީލަންކާގައި ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ކުރި ހޯއްދަވައިގެން އެ ޤައުމުގެ ރައީސް ކަމުގެ މަޤާމަށް އިންތިހާބުވެ ވަޑައިގެންނެވި މައިތްރިޕާލާ ސިރިސޭނަ މަގާމުގެ ހުވާކުރައްވައިފި އެވެ.
ސިރިސޭނާ ރައީސް ކަމުގެ ހުވާކުރެއްވުމާއި އެކު، ލަންކާގެ ބޮޑުވަޒީރު ކަމަށް ވަނީ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަ ސިންގ ޢައްޔަނު ކުރައްވާފަ އެވެ.
ލަންކާގެ ރައީސް ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް މައިތްރިޕާލާ ސިރިސޭނަ ވިދާޅުވީ ދެވަނަ ރިޔާސީ ދައުރަކަށް ކުރިމަތިނުލައްވާނޭ ކަމަށެވެ.
ނިމިގެން ދިޔަ ލަންކާގެ ރިޔާސީ އިންތިޚާބުގައި ސިރިސޭނާއަށް ވަނީ 6،217،162 މިލިއަން ވޯޓް [51.28 އިންސައްތަ] ލިބިވަޑައިގަންނަވާފަ އެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...