ރާއްޖޭގެ ޚަބަރު ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނަގަނީ

ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނަގަނީ

ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނަގަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ މަގުތައް ތަރުތީބުކޮށް މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް މިއަދުން ފެށިގެން ނަގަން ފަށާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުންނާއި މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެންހެދިފައިވާ އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާޢިދާއި ޚިލާފަށް، ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކާއި ޕާކިންގ ޒޯންތަކުގައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށްދަތިވެ، ޤަވާއިދާއި ޚިލާފަށް ޕާކުކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ، ޤަވާޢިދާއި އެއްގޮތަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ޕާކުކުރާނެ އިތުރު ޖާގަ ހޯދާ ދިނުމަށާއި މާލޭގެ މަގުތައް ތަރުތީބު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ޤަވާއިދާ ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތަކާއި ބާވެ ހަލާކުވެގެން މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ނަގަމުންދާނެއެވެ. މިގޮތުން ނަގާ އުޅަނދުތައް ނަގައިގެން ގެންދިއުމުގައި ނުވަތަ ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް ޒިންމާ ނުވާނެ ކަމަށާއި، އުޅަނދުތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު، އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތައްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދުގެ ވެރިފަރާތުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.