ޖަމްޢިއްޔަތުއްސަލަފުގެ ޓީމެއް އުތުރުގެ 3 އަތޮޅަކަށް ކުރާ ދަތުރު ނިންމާލުމަށްފަހު މިއަދު މާލެ އަންނާނެ ކަމަށް އެ ޖަމިއްޔާއިން ހާމަ ކޮށްފިއެވެ.
ދީނީ ދަރުސްތަކެއް ދިނުމަށްޓަކައި މި މަހުގެ 4 ވަނަ ދުވަހު ފުރި މި ޓީމުގައި ބައިވެރިވެވަޑައިގަންނަވާ ޝައިޚަކީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ. އައްޝައިޚް އަޙްމަދު ސަމީރު އާއެކު އަލްއަޚް މުޙައްމަދު ޞަބާޙު އަދި އަލް އަޚް ޢަލީ ރަމީޒު ބިން ޤާސިމް ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
އުތުރުގެ 3 އަތޮޅުގެ 5 ރަށެއްގައި ދަރުސްތައް ބޭއްވީ ހއ.އުތީމު، ހދ.ނައިވާދޫ، ށ.ފޯކައިދޫ، ށ.މަރޮށި، ށ.ޅައިމަގު އަދި ށ.ފުނަދޫ ގައި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މިދަތުރުގައި ދަރުސް ދިނުމުގެ އިތުރުން ރަށްރަށުގެ ބައެއް ދީނީ އަދި އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އެއްކުރުމާއި އަދި މުސްތަޤްބަލުގައި ޖަމްޢިއްޔަތުއްސަލަފުން ހިންގާނެ ގިނަ މަޝްރޫޢުތަކާއި ގުޅޭގޮތުން އެ ޖަމްޢިއްޔާތަކާއި ވާހަކަތައް ހިއްސާ ކުރުން ހިމެނޭ ކަމަށް ސަލަފުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...