އުތީމު ގަނޑުވަރަކީ ބަރަކާތްތެރި ތަނެއް ކަމަށް ދެކި ބަރަކާތް ޙާޞިލު ކުރުމުގެ ނިޔަތުގައި އެތަނަށް ޒިޔާރަތް ކުރުމަކީ އެންމެ ބޮޑެތި ޙަރާމް ކަންކަމުގެ ތެރެއިން ވާކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ސަމީރުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ، " އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން އެތަނުން ބަރަކާތް ޙާޞިލު ކުރުމުގެ ގޮތުން، ފެންވަޅުން މޫނު ދޮވުމާއި، ގަޔަށް ފެންއެޅުމާއި، ނަދުރު ބުނުމާއި، މިނޫންވެސް މިފަދަ ތަފާތު ކަންކަން ކުރަމުން ގެންދާ ކަމަށެވެ.
އެހެން ކަމުން މިފަދަ ކަމެއް ކުރުމުގެ ނިޔަތުގައި އެތަންތަނަށް ޒިޔާރަތް ކުރުމާއި، އެފަދަ ތަންތަނަކީ ބަރަކާތް ޙާޞިލު ކުރެވޭ މުޤައްދަސް ތަންތަން ކަމުގައި ދެކުމަކީވެސް ޝިރުކުގެ ޢަމަލު ތަކުގެ ތެރެއިން ވާކަމެއް ކަމަށް ޝެއިޚް ސަމީރުވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން އެފަދަ ޢަމަލު ތަކާއި ދުރުހެލިވުމަށް ގޮވާލައްވަމުން ޝެއިޚް ވިދާޅުވީ އެފަދަ ކަންކަމަކީ އެންމެ ބޮޑެތި ޙަރާމް ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...