އެހީ! ތުއްތު ލުޙްޔާ ތިބޭފުޅުންގެ އެހީތެރި ކަމަށް ބޭނުން ވެފައި!

ތުއްތު ލުޙްޔާ ތިބޭފުޅުންގެ އެހީތެރި ކަމަށް ބޭނުން ވެފައި!

ތުއްތު ލުޙްޔާ ތިބޭފުޅުންގެ އެހީތެރި ކަމަށް ބޭނުން ވެފައި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހ. ބޮނޑިކަނދޮޅުގެ މަރިޔަމް އެވްލީން، އާއި ގދ. ގައްދޫ، ކޮކާހަނދުވަރީގެ، މުހައްމަދު އިޝާން ގެ ކައިވެނީގެ ފުރަތަމަ މޭވާ ލުހްޔާ މުހައްމަދު އިޝާންގެ މޫނު މަތިން ހިނިތުންވުން ފެނުނު ނަމަވެސް މިކުއްޖާއަކީ ވަރަށް ބޮޑު އިމްތިހާނަކާއި ކުރިމަތިލަމުން އަންނަ ތުއްތު ފަހުލަވާނެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވިހެއި ލުހްޔާގެ ހަށިގަނޑުގެ އެއްބައި އުފެދިފައެއް ނެތެވެ. ލުހްޔާގެ ކުޑަކަމުދާ ނިޒާމާއި ބޮޑު ކަމުދާ ނިޒާމް އުފެދިފައެއް ނުވެ އެވެ. ލުހްޔާގެ އާއިލާއިން ފޭސްބުކް މެދުވެރިކޮށް ހާމަކޮށްފައިވާގޮތުގައި "ކުޑަކަމުދާ ނިޒާމް އަދި ބޮޑު ކަމުދާ ނިޒާމްވެސް ފުރިހަމައަށް އުފެދިފައި ނެތުމުގެ ސަބަބުން، ފޫޅުގެ ތިރިން ތޮރުފައިގެން ލައްވާފައިވާ ކެތީޓާ އަދި ބޮޑުކަމުދިއުމަށްޓަކައި ހަދާފައިވާ ހޯލްގެ ސަބަބުން، އިންފެކްޝަން އުފެދި ފުރާނައަށް ނުރައްކާ ވެދާނެކަމުގެ ބިރު އޮތުމުން ޑޮކްޓަރު ލަފާ ދެނީ ވީއެންމެ އަވަހަށް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފާހަނާ ކުރެވޭނެ ގޮތެއް ވޭތީ މިދަރިފުޅުގެ އޮޕަރޭޝަން ކުރުމަށް" ކަމަށެވެ.

ލޯބި ލޯބި ލުހްޔާގެ ފުރާނައަށް ނުރައްކާ ހާލަތުގައި އޮތް ނަމަވެސް ލުހްޔާގެ މަންމައާއި ބައްޕަގެ އުންމީދު ކަނޑައެއް ނުލައެވެ. "ނުކައި ނުބޮއި"ވެސް ދަރިފުޅު ސަލާމަތް ކުރުމަށް އެދެމަފިރި ތައްޔާރެވެ. ދުވަހު ނޫސް "ސަން" ގައިވެސް ލުހްޔާގެ ވާހަކަ ވަނީ ޝާއިއުކޮށްފައެވެ.

"ސަން" ގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ލިޔެފައިވެއެވެ. "ފެރީ ދުއްވައިގެން އާއިލާ އެއް ބަލަހައްޓަމުން ގެންދިޔަ އިޝާންއަށް މިވަގުތު ވަނީ މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ. ތަނަވަސް ކަމެއް ނެތް އެ އާއިލާ، އެންމެ ފުރަތަމަ ލުހްޔާ ގޮވައިގެން ލަންކާ އަށް ދިޔައީ ވެސް އާސަންދައިގެ އެހީގަ އެވެ. ނަމަވެސް އެ ފަހަރު ދިޔައީ ބައްޕަ އެކަންޏެވެ. ނަމަވެސް މިފަހަރު ދެ މަފިރިން ދާންޖެހޭތީ އެ ދެމަފިރިން ވަނީ ލުހްޔާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކޮށް، އެހީތެރިކަމަަށް އެދިފަ އެވެ. ކިތަންމެ ކުޑަކުޑަ 'ޗާންސެއް' އޮތްނަމަ ވެސް އޭނާގެ ދަރިފުޅު ބިކަކޮށް ދޫކޮށްލާކަށް އިޝާން ބޭނުމެއް ނުވެ އެވެ."

ލުހްޔާގެ އާއިލާއިން މިކުރާ ހިތްވަރުގައި އަޅުގަނޑުމެންވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ އެއާއިލާއަށް އަޅުގަނޑުމެންނަށް ވެދެވޭނެ ވަރަށް ބޮޑު އެހީއެކެވެ. އެއާއިލާގެ ފަރާތުން މިއަދު އެދެނީވެސް އެކަމަށެވެ. ލޯބިލޯބި ލުހްޔާއަށް އެހީތެރިކަމަށް އެދި އެއްޗެއް ނުބުނެވުނަސް ލުހްޔާވެސް މިއަދު އެދޭނީ ތިބޭފުޅުންގެ ފަރާތުން ލިބޭ އެހީއަކަށެވެ. ކިތައްމެ ކުޑަކުޑަ އެހީއަކީވެސް މިއަދު އެއާއިލާއަށް ވަރަށް މުހިންމު އެހީއަކަށް ވާނެއެވެ.

އިޝާންގެ އާއިލާ އަށާއި އެ ދެމަފިރިންގެ ދަރިފުޅަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ލުހްޔާއަށް އެހީވުމަށް ލުހްޔާގެ ބައްޕަގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރައްވާށެވެ.
7701168141101 މުހައްމަދު އިޝާންގެ

އިތުރު މައުލޫމާތު: ހެލްޕް ލުހްޔާ ފޭސްބުކް ޕޭޖް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.