ރާއްޖޭގެ ޚަބަރު ސަފީރު ކަމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ސަފީރު ކަމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ސަފީރު ކަމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަފީރު ކަމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ގަލޮޅު އުފާ އަޙްމަދު މުޙަންމަދު އައްޔަނު ކުރައްވާފައި ވާކަމަށާއި، އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، މާފަންނު ކްރެސްޓްވުޑް ޢަބްދުﷲ ޙަމީދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަޙްމަދު މުޙަންމަދު، އަދި އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޢަބްދުﷲ ޙަމީދު، މި ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.