ރާއްޖޭގެ ޚަބަރު މުސްހަފް މާލްދީފް ފަންޑަށް ސްޓެލްކޯ އިން 154 ހާސް ރުފިޔާގެ އެހީ ދީފި

މުސްހަފް މާލްދީފް ފަންޑަށް ސްޓެލްކޯ އިން 154 ހާސް ރުފިޔާގެ އެހީ ދީފި

މުސްހަފް މާލްދީފް ފަންޑަށް ސްޓެލްކޯ އިން 154 ހާސް ރުފިޔާގެ އެހީ ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުސްހަފް މާލްދީފް ފަންޑަށް ސްޓެލްކޯ އިން އެހީ ދީފިއެވެ.

އެގޮތުން ސްޓެލްކޯ އިން ވަނީ 2000 މުސްހަފް ޗާޕް ކުރުމަށް ޚަރަދުވާ 154،200 ރ. މުސްޙަފް މާލްދީފް ފަންޑަށް ހަދިޔާ ކޮށްފަ އެވެ.

ސްޓެލްކޯއިން މިހާ ބޮޑު އެހީތެރި ކަމެއް މުސްޙަފް ފަންޑަށް ދެއްވާފައި ވާތީ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވަނީ ސްޓެލްކޯ އަށް ޝުކުރު އަދާ ކުރައްވާފައެެވެ.

ސްޓެލްކޯގެ ބޯޑް ރޫމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ފައިސާގެ ލިއުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފައިސާގެ ލިއުމާ ހަވާލުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު އެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.