ރާއްޖޭގެ ޚަބަރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ނިމިގެން ދިޔަ 2014 ވަނަ އަހަރު އެކި ކުށްތަކުގައި 15،716 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވީނަމަވެސް، 2013 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖިނާއީ 18،757 މައްސަލައެކެވެ. މިއީ އިންސައްތައިން ބަލާނަމަ، 16 އިންސައްތައިގެ ދަށްވުމެކެވެ.

2013 ވަނަ އަހަރު މާރާމާރީއާއި ގުޅިގެން 3 މަރުގެ މައްސަލައެއް ހުށަހެޅުނު އިރު، 2014 ވަނަ އަހަރު ނިމުނު އިރު މިފަދަ 5 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ޓްރެފިކްގެ މައްސަލަތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ޓްރެފިކްގެ 1959 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާކަމަސް ފުލުހުންގެ ތަަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް 2013 ވަނަ އަހަރު ހުށަހެޅި، ތަހުގީގު ކުރަން ފަށާފައި ވަނީ 1823 މައްސަލައެކެވެ.

2014 ވަނަ އަހަރު ފުލުހުންނަށް ފޭރުމުގެ ގިނަ މައްސަލަތަކެއް ހުށަހެޅުނު ނަމަވެސް 013 ވަނަ އަހަރަށް ވުރެ ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުނު އިންސައްތަ ވަނީ 24 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2013 ވަނަ އަހަރު ފޭރުމުގެ 6683 މައްސަލައެއް ހުށަހަޅާފައި ވީނަމަވެސް މިދިޔަ އަހަރު ހުށަހަޅާފައި ވަނީ ފޭރުމުގެ 5077 މައްސަލައެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.