ރާއްޖޭގެ ޚަބަރު ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކާއި ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކާއި ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކާއި ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކާއި ޕޮލިސް ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންނަށް މަރުގެން އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ އިތުރުން، ގދ. ގައްދޫ ޕޮލިސް ސްޓޭޝަން ހިނގާ އިމާރާތުގައި ރޯކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

23 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެރޭ ފަތިހު 04:00 ހާއިރުއެވެ. 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 06:00 ހާއިރުއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 23 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ގްރޫޕްމާރާމާރީ ހިންގުމުގެ ރިކޯރޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 20 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ގްރޫޕްމާރާމާރީ އާއި ދަޢުލަތުގެ މުދަލަށް ގެއްލުންދިނުމާއި، ގްރޫޕް މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯރޑް އޮންނަ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.