ދީނުގެ ތަނބުގެ ނަމުގައި ބާއްވާ ވަރަށް ޚާއްޞަ ދަރުސެއް މިރޭ އޮންނާނެ ކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ހާމަ ކޮށްފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން މި ދަރުސް އިންތިޒާމް ކުރާ ޖަމިއްޔަތުލް ބަޔާނުން ބުނީ މި ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް މުޙައްމަދު އިބުރާހިމް ( ނައިފަރު ) ކަމަށެވެ.
ދީނުގެ ތަނބުގެ ނަމުގައި ބާއްވާ މި ދަރުސް އޮންނާނީ މިރޭ 2045 ގައި ޣިޔާސުއްދީނު ސްކޫލުގައި ކަމަށް ވެސް ބަޔާނުން ވަނީ ހަމަކޮށްފައެވެ.
އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު މި ދަރުސަށް ވަޑައިގަތުމަށް ބަޔާނުން ވަނީ ދަޢުވަތު އަރުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...