ޙަރާމް ކަމަކަށް އަރައިނުގަނެ ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުން ހުއްދަ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީޕީއެމްގެވެސް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަނެ، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ މެހެމާނުންނަށް ކަމޭހިތައި، އެ މީހުންނަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ އިސްލާމީ މަތިވެރި އުސޫލެއް ކަމަށެވެ.
ރައީސް މައުމޫން މިފަދަ ޓްވީޓް ތަކެއް ކުރެއްވީ ރޭ މީލާދީ އާއަހަރު ފުރުމާއި ވިދިގެން ރޭ މާލޭގައި ބޭއްވި މިޔުޒިކް ޝޯވ ބޭއްވުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ، އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރާއި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަކަކާއި ދީނީ ބައެއް ޖަމިއްޔާ ޖަމާޢަތް ތަކުން ޝުޢޫރު ފާޅުކޮށްފައި ވަނިކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...