ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓަރުގެ ޓްވިޓަރ އެކައުންޓް އަނބުރާ ހޯއްދަވައިފި

އިސްލާމިކް މިނިސްޓަރުގެ ޓްވިޓަރ އެކައުންޓް އަނބުރާ ހޯއްދަވައިފި

އިސްލާމިކް މިނިސްޓަރުގެ ޓްވިޓަރ އެކައުންޓް އަނބުރާ ހޯއްދަވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓަރުގެ ޓްވިޓަރ އެކައުންޓް އަނބުރާ ހޯއްދަވައިފިއެވެ.

މިނިސްޓަރުގެ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓްވިޓަރ އެކައުންޓް އަނބުރާ ލިބިވަޑައިގެންފައި ވާކަމަށާއި، އެކަމާ އުފާފުޅު ކުރައްވާ ކަމަށެވެ. އެހެން ކަމުން ހުރިހާ ރަޙުމަތްތެރިންނަށް އަލުން މަރުޙަބާ ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އަދި އޭގެ ފަހުން އެ އެކައުންޓުން ވަނީ ޢަރަބި ބަހުން ގިނަ ޢަދަދެއްގެ ޓްވީޓް ތަކެއް ކުރައްވާފައެވެ

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓް ހެކްކުރި ފަރާތްތަކަށްވެސް ހެޔޮ ދުޢާ ކުރައްވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ހުރިހާ ފަރާތްތަކަށްވެސް ހެޔޮގޮތް މިންވަރު ކުރެއްވުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ޓްވިޓާ އެކައުންޓް ހެކް ކުރުމާއި ގުޅިގެން ޝަހީމްގެ ފޭސްބުކް ޕޭޖުގައި އިއްޔެ އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އިއްޔެރޭގެ 11:00 ގެ ފަހުން އޭނާގެ ޓްވިޓަ އެކައުންޓް ހެކޮށްފައިވާ ކަމަށާއި އެހެންކަމުން އޭގެ ފަހުން އޭނާގެ ޓްވިޓަ އެކައުންޓަށް ނުވަދެވޭ ކަމަށެވެ.

ޝަހީމްގެ ޓްވިޓަ އެކައުންޓް ހެކް ކުރި ފަހުން އެ އެކައުންޓުން ވަނީ ޓްވީޓްވެސް ކޮށްފަ އެވެ.

އެތަނުން ޓްވީޓްއެއްގައި ބުނެފައިވަނީ "ޝޯން ޕޯލްގެ އާ އަހަރު ފާހަގަ ކުރާ ޝޯއަށް އަޅުގަނޑާއި އަދި އަޅުގަނޑުގެ އަހުން ދެކޮޅުކަން ހުރިހާ ދިވެހިން އަހުންނަށް އަންގަން" ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.