ޚިޔާލު ތަފާތު ވިޔަސް ރާއްޖެއަންނަ މެހްމާނުންނަށް ކަމޭހިތުމަށްސަރުކާރުން ގޮވާލައިފި އެވެ.
ރޭ އައްޑޫސިޓީގެ ފެނުގެ ނިޒާމް ޤާއިމު ކުރުމަށާއި ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްވަކަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ އަންނަ މެހެމާނުންގެ ފުރާނައަށް ގެއްލުންވާފަދަ މެސެޖުތަށް ފެތުރުމަކީ އެކަމުގެ ސަބަބުން ރައްޔިތުން ކަރުނަ އަޅަން ޖެހިދާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިފަދަ އަމަލު ތަކުގެ ސަބަބުން ރާއްޖެއާމެދު ބޭރު ޤައުމުތަކުގެ މެދުގައި ވެސް ރާއްޖެ އާއި މެދު ނުތަނަވަސްކަން އުފެދިގެން ހިނގައިދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް އަމާންކަން ނެތްކަމުގެ މެސެޖްތައް ދޭން ފަށައިފިނަމަ، ރާއްޖޭގައި އިންވެސްޓް ކުރަން ފަސްޖެހެން ފަށާނެ ކަމަށާއި، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް އެއްގަލަކަށް އެރޭ ކަންތައްތަކެއް ހުންނަން ޖެހޭކަމަށެވެ.
މިފަދަ މޭރުމަކުން ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި މިވަނީ ކާފަރުންގެ އުޞޫލުތައް ދިރުވާ އާލާކުރަން މަސައްކަތް ކުރާ، އަދި އިސްލާމީ ރިވެތި އަޚުލާޤާއި އުޞޫލު ތަކާއި ދުރުު ބޭރުގެ ލަވަކިޔުންތެރިއަކު ގެނެސްގެން ދިވެހި ޒުވާނުންނަށް މިޔުޒިކް ޝޯވ އެއް ބާއްވައި ދިނުމަށް ޓުއަރިޒަމް މިނިސްޓަރު އިސްކޮށް ހުންނަވައިގެން ސަރުކާރުން ކުރާ މަސައްކަތް ތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ސީރިޔާގައި ހަނގުރާމަކުރާ ޖަމާޢަތެއްގެ ނަމުގައި ބަޔަކު އިންޒާރުގެ ވީޑިޔޯއެއް ޢާއްމު ކޮށްފައި ވަނިކޮށެވެ.
އެހެން ނަމަވެސް ސީރިޔާގެ އެ ޖަމާޢަތުން ވަނީ އެކަމުން ބަރީޢަވެ، އެމީހުންގެ ނުރައްކާ ރާއްޖެއަށް އޮތް ކަމަށް ދައްކަން މަސައްކަތް ކުރަނީ އެމްޑީޕީން ކަމަށް ތުހުމަތު ކޮށްފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...